ދުނިޔެ

އެމެރިކާގައި ބޭވަފާތެރިވި ލޯބިވެރިޔާއަށް އަންހެންމީހާ ދިން އަދަބަކީ ފޮއްޓަކަށްލާ ނޭވާ ހާސްކޮށް މަރާލުން

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ އޮރލަންޑޯގެ 42 އަހަރުގެ ސާރާ ބޫން ހިތާވެގެން އުޅުނު ޖޯޖް ތޮރޭސް ސޫޓްކޭހަކަށް ލާ ނޭވާ ހާސްކޮށްލި ހާދިސާގައި، ސާރާ ދެއްކި ވާހަކައަކީ ދޮގު ވާހަކަތަކެއްކަން ފޮޓޯއާއި ވީޑިއޯއިން ހާމަވެއްޖެއެވެ.

Ads by Sosun Fihaara

މިހާދިސާ ހިނގުމާއި އެކު 911 އަށް ގުޅާފާއި ސާރާ ބުނީ ދެމީހުން ފިލާ ކުޅެން އުޅެނިކޮށް ސާރާއަށް ނިދުނުކަމަށާއި ހެނދުނު ހޭލައިގެން ބެލިއިރު ޖޯޖްގެ ހަރަކާތް ނެތްކަމަށެވެ. އޭނާއަށް ވީ އެއްވެސް ގޮތެއް ނޭނގޭކަމަށާއި އަދި ގޭގެ މަތީބުރިއަށް ގޮސް ބެލިއިރު ސޫޓްކޭސް ތެރޭގައި ޖޯޖް އޮއްވާ ފެނުނު ކަމަށް ސާރާވަނީ ފުލުހުންނަށް ކިޔައިދީފައެވެ.

މިކަމާ ގުޅޭ ވީޑިއޯ ފެނުނު އިރު ޖޯޖް ލާފައި ސޫޓްކޭހުގެ ޒިބު އަޅުވާފައިވާ ކަމަށާ، ނޭވާ ނުލެވިގެން، ފޮށި ހުޅުވައި ދިނުމަށް އާދޭސް ކުރާ އަޑު އިވެމުން ދެއެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި އޭރު ސޫޓްކޭސް އޮތީ ވެސް ބަންޑުންނެވެ. ޖޯޖްއަށް ނޭވާ ނުލެވޭކަމަށް ބުނުމުން ޖަވާބުގައި، " އަހަރެންނަށް ބޭވަފާތެރިވުމުން އަހަރެންވެސް ނޭވާ ހާސްވި. އެހެންވީމާ ކަލޭގެ ނޭވާ ވެސް ހާސްވާން ޖެހޭ" ކަމަށް ސާރާ ބުނާ އަޑު ވީޑިއޯއިން އިވެއެވެ.

ދެވަނަ ވީޑިއޯގައި ސޫޓްކޭސް ހުންނަނީ އުއްޑުންނެވެ. އަދި ކުރިން ހުރިހިސާބަށް ވުރެ ދެތިން ފޫޓު ދުރަށް ޖައްސާލާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ. މި ވިޑިއޯ ތައް ފުލުހުންނަށް ލިބުމުން ސާރާ ވަނީ ޖޯޖް ފޮއްޓަށްލާ ޒިބު އަޅުވާ ހާސްކޮށްލިކަމަށް އެއްބަސްވެ، ބަޔާން ދީފައެވެ. 25 ފެބްރުއަރީގައި ހައްޔަރު ކުރެވުނު ސާރާގެ މައްޗަށް ކުރެވެނީ ސެކަންޑް ޑިގްރީގައި މީހަކު މަރާލުމުގެ ދަޢުވާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!