ޚަބަރު

އެމްޕީއެލް ވަޒީފާއިން ސޫދާ ވަކިކުރުން: އިދިކޮޅުން ސިފަކުރީ ލާއިންސާނީ ޢަމަލެއްގެ ގޮތުގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކައުންސިލު މެންބަރު ސޫދާ ޢަބްދުﷲ ، އެމްޕީއެލް ގެ ވަޒީފާއިން ވަކިކުރުމަކީ ލާއިންސާނީ ޢަމަލެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ސިފަ ކޮށްފިއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި ސޫދާ ވަޒީފާއިން ވަކިކުރީ އިއްޔެއެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން މިރޭ ވަނީ ބަޔާނެއް ނެރެފައެވެ.

އެގޮތުން އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޫދާ ވަޒީފާއިން ވަކިކުރުމުގެ ޢަމަލަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށާއި އެކޯލިޝަނަށް ތާއީދުކުރާ ފަރާތްތަކުން ވަޒީފާއިން ވަކިކޮށް ބިރުދެއްކުމުގެ ގޮތުން ހިންގާފައިވާ ޢަމަލެއް ކަމަށެވެ.

"ލާއިންސާނީ ޢަމަލުތައް ހިންގުން ހުއްޓާލުމަށާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރު ކޮށް ދިނުމަށް މި ކޯލިޝަނުން ސަރުކާރަށް ގޮވާލަން" އިދިކޮޅުގެ ބަޔާނުގައިވެއެވެ.

Ads by Allied Insurance
  1. ާއަލީ

    ލާދީނީސަރުކާރުގަ ގެންގުޅޭނީ ލާދީނީ މީހުން

  2. ކީމީހާ

    ތިހެން ޕީޕީއެމް މީހުން ލަދެއްނުގަނޭތަ……