ދުނިޔެ

ކުއްލިއަކަށް ކޭސްތައް އިތުރު ނުވާނެކަމަށް ބަލައިގެން ލޮކްޑައުން އުވާނުލުމަށް ޑރ. ފައުޗީގެ އިންޒާރު

ދެން އެމްވީ ، ދެން އޮންލައިން

ދެމަސް ދުވަހު ލޮކްޑައުންގައި ބޭތިއްބުމަށްފަހު އެމެރިކާގެ އެކި ސްޓޭޓްތަކުގައި އޮތް ލޮކްޑައުންއަށް ލުއިތަކެއްދީ، އިޤްތިޞާދު ހުޅުވާލަމުން ދާ ދިއުމާ ގުޅޭގޮތުން، ޑރ. ފައުޗީ ވަރުގަދަ އިންޒާރެއް ދީފިއެވެ.

Ads by Sosun Fihaara

ސީ.އެން.އެން އިއްޔެ ދިން ބަސްދީގަތުމެއްގައި، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރ ޑރ. އެންތޮނީ ފައުޗީ ބުނީ ސްޓޭޓްތައް ހުޅުވާލަން ވާނީ ވަރަށް ފަރުވާތެރިކަމާ އެކު ކަމަށާ، ލޮކްޑައުންއަށް ލުއި ދިނުމުން ކުއްލިއަކަށް ކޭސްތައް ގިނަވެގެން ނުދާނެ ކަމަށް ވިސްނުމަކީ ގޯހެއް ކަމަށެވެ.

މިކަމުގެ ތަފްޞީލަށް އިތުރަށް ދެމުން ޑރ. ފައުޗީ ބުނީ، ލޮކްޑައުން ހުޅުވާލުމުން އެއްހަފްތާގެ ތެރޭގައި ކޭސްތައް އިތުރުވެގެން ނުގޮސްހުރެދާނެކަމަށާއި އަސްލު ނަތީޖާ ފެންނަން ފަށާނީ ދެހަފްތާ ފަހުން ކަމަށެވެ. އަދި މީގެ ނުރަގަޅު އަސަރު ތިން ހަތަރު ހަފްތާ ފަހުން ވެސް ފެނިދާނެ ކަމަށާއި ޕަބްލިކް ހެލްތުންދޭ ޞިއްޙީ އިރުޝާދުތަކަށް ތަބާވެގެން ކުރިއަށް ދާނަމަ އެމެރިކާއަށް ދެވަނަ ފަހަރަށް ކޮރޯނާވައިރަސްގެ ރާޅެއް އައުން ދުރުކަމަށް ޑރ. ފާހަގަ ކުރިއެވެ. ޑރ.ފައުޗީ ބުނީ އެކަން އެހެން ހިނގާނެކަމަށް ބަލައިގެން އިޤްތިޞާދު ހުޅުވާލަން އުޅެގެން އެއިން ދެރައެއް ލިބިދާނެކަމަށެވެ.

މިދިޔަ ހަފްތާގައި މީޑިޔާއަށް މައުލޫމާތު ދެމުން ޑރ. ފައުޗީ ބުނެފައިވަނީ މާގިނަ ދުވަހަށް ލޮކްޑައުން ދިގުދެމިގެން ދާނަމަވެސް އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށެވެ. އެހެންކަމުން މިކަމަށް އޮތް ހަމަ އެކަނި ހައްލަކީ ސިއްޙީ މާހިރުދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވެ، ލޮކްޑައުން އަށް ލުއި ދިން ނަމަވެސް ފަރުދީ ޒިންމާ އިސްކޮށް ވީވަރަކުން ގިނަމީހުން އެއްވެ އުޅޭތަންތަނަށް ނުނިކުތުން ކަމަށް އޭނާ ހަނދާން ކޮށްދިނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!