ދުނިޔެ

އަލްޙަމްދު ލިﷲ! ބަކަރިތައް ވިއްކާލައިގެން ފްލައިޓް ޓިކެޓް ގަތްމީހާއަށް އެންމެ ފަހުން އޭނާގެ އާއިލާގެ ކައިރިއަށް ދެވޭގޮތް ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މަރޗްމަހުގެ 20 ވަނަދުވަހުން ފެށިގެން އިންޑިޔާގައި އިޢުލާން ކޮށްފައިވާ ފުރަބަންދުގެ އަމުރުގެ ސަބަބުން، ވެސްޓް ބެންގޯލްއިން މަސައްކަތް ކުރަން އެހެން ސްޓޭޓްތަކަށް ގޮސް ތިބި މީހުންނަށް ވެސް އާމްދަނީ އެއް ނުލިބެއެވެ. އެކި ސްޓޭޓްތަކުގައި މިގޮތަށް ތާށިވެފައި ތިބި މީހުން އެމީހުންގެ އާއިލާގެ ގާތަށް ދިއުމުގެ މަގު ފަހި ކުރުމަށްޓަކައި ސަރުކާރުން ފްލައިޓްތަކެއް ބާއްވާ ވާހަކަ އިވުމުން، މިއިން ފްލައިޓެއްގައި އެނބުރި ގެއަށް ދިއުމަށް ޓިކެޓް ހޯދަން 3 މީހަކު ފެށިއެވެ. މީގެތެރެއިން އެކަކުގެ ޓިކެޓަށް ފައިސާ ހޯދީ ގޭގައި ގެންގުޅޭ ބަކަރިތަކެއް ވިއްކާލައިގެންނެވެ. ނަމަވެސް ނަސީބު ދިމާކުރި ގޮތުން މި ފްލައިޓް ވަނީ ކެންސަލް ވެފައެވެ.

Ads by WAMCO

ފްލައިޓް ކެންސަލް ވުމުގެ އިތުރުން ޓިކެޓްގަންނަން ޚަރަދު ކުރި ފައިސާވެސް އަނބުރާ ނުދެވޭނެކަމަށް، އިންޑިޔާގެ އެންމެ ބޮޑު އެއަރލައިން އިންޑިގޯ އިން އެމީހުންނަށް އެންގިއެވެ. ހާލުގައި ޖެހިފައިވާ ތިއްބާ ލިބުނު އުއްމީދުވެސް ފެނަށް ގޮސް މާލީ ބޮޑު ގެއްލުމެއް ލިބުމުން 3 އެކުވެރިން ވެސް ތިބީ ވަރަށް ދެރަވެފައެވެ. ނަމަވެސް އިންޑިގޯއިން ފަހުން ވަނީ މި ތިންމީހުނަށް ދަތުރު ކުރެވޭނެގޮތް ހަދައިދީފައެވެ.

އެ ކުންފުނިން ހާމަ ކުރި ގޮތުގައި ފުރަތަމަ އެމީހުން ޓިކެޓް ގަތް ފްލައިޓް ކެންސަލްވީ ވެސްޓް ބެންގޯލް ސަރުކާރުން، މިމަހުގެ 28 ގެ ކުރިން ފްލައިޓްތައް ޖައްސަން ހުއްދަދީފައި ނެތުމުންނެވެ.
އިންޑިޔާގެ ލޮކްޑައުންގެ ސަބަބުން އެތައް މިލިއަން މީހުން މިގޮތަށް އެކި ސްޓޭޓްތަކުގައި ހާލުގައި ޖެހިފައިވެއެވެ. އާންމު ދަތުރުފަތުރު ހުއްޓާލެވިފައި ވުމުން ފައިމަގުގައި އާއި ކޯރުތައް ހުރަސްކޮށްވެސް އާއިލާގެ ގާތަށް ދިއުމަށް ގިނަ ބަޔަކު މަސައްކަތް ކުރެއެވެ. އަދި މިކަމުގެ ތެރޭގައި އެކި ހާދިސާ ހިނގައިގެން މަރުވާ މީހުން ގިނަވެ ސަރުކާރަކަށް ބޮޑެތި ފާޑު ކިޔުން ތަކެއް އަމާޒުވީ ފަހުން، މި ފަދަ މަސައްކަތްތެރިންނަށް ޚާއްސަކޮށް ޓްރެއިން ދަތުރު ތަކެއް ވަނީ ފަށާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!