Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފުލުހަކަށް ވިޔަސް އުސޫލުން ބޭރުން ފްލެޓް ލިބިއްޖެނަމަ އެކަން ބަލާނަން: ސީޕީ

ފުލުހަކަށް ވިޔަސް އުސޫލުން ބޭރުން ފްލެޓް ލިބިއްޖެނަމަ އެކަން ބަލާނަން: ސީޕީ
ފުލުހަކަށް ވިޔަސް ގާނޫނު ހިނގާނެ ކަމަށާއި، ފުލުހަކަށް ނުހައްގުން ފްލެޓް ލިބިފައި އޮތަސް އެކަން ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ. ސީޕީ އެހެން ވިދާޅުވީ، އެޗްޑީސީގެ ގޯތީގެ ވައްކަމުގެ މައްސަލަ ތަހުގީގުކުރާ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ވެރިޔާ، ރަޖްނީ ޝުއައިބަށް ނުހައްގުން ވިނަރެސް ފްލެޓެއް ލިބިފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން 'ދެން' އިން ސުވާލު ކުރުމުންނެވެ.
"މި ޕްރޮސެސްގެ ތެރޭގައި އެއްވެސް މީހަކަށް ގަވާއިދާ ހިލާފަ ފްލެޓެއް ނުވަތަ ބިމެއް ލިބިފައި އޮތިއްޔާ އެކަމެއް ބަލާފަ ފިޔަވަޅު އަޅާނަން،" ސީޕީ ވިދާޅުވި އެވެ.
ނުހައްގުން ބަޔަކަށް ގޯތި ދިން ކަމަށާއި، ޑޮކިއުމެންޓް ފޯޖްކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ ޓީމުގައި ހިމެނޭ ރަޖުނީ އާއި އޭނާގެ އަންހެނުންނަށް ނުހައްގުން ފްލެޓް ލިބުނު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދެ އެވެ. އެ ޕޯސްޓްތަކުގައި ބުނާގޮތުން ރަޖުނީއާއި އޭނާގެ އަންހެނުންނަށް ފްލެޓް ލިބުނީ، ވިނަރެސް ފްލެޓްތަކުންނެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.
"ރަޖުނީ ޝުއައިބާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މައުލޫމާތާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ވާހަކަ ދަަންނަވަމެވެ،" ޝިފާން ވިދާޅުވި އެވެ.
ރަޖުނީ އާއި އޭނާގެ އަންހެނުންނަށް ނުހައްގުން ފްލެޓެއް ލިބުންކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް