ދުނިޔެ

ފުލުހުންގެ އިޙްމާލުން މަރުވި މީހާގެ ޢާއިލާއަށް އެމެރިކާއިން މަޢާފަށް އެދުނީ 1 މިލިޔަން ޑޮލަރުން

ދެން އެމްވީ ، ދެން އޮންލައިން

މިމަހުގެ 25 ވަނަ ދުވަހު މަރުވި ޖޯޖް ފްލައިޑްގެ މަރާ ގުޅިގެން އެމެރިކާގައި ބޮޑެތި މުޒާހަރާތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި، އެ އާއިލާއަށް އެހީވުމަށް ހެޔޮއެދޭ ފަރާތްތަކުން އެއް މިލިއަން ޑޮލަރު އެއްކޮށްފިއެވެ. މިއީ މިގޮތަށް އެހީގެ ފައިސާ އެއްކުރުމުގައި މަސައްކަތް ކުރާ ވެބްސައިޓެއް މެދުވެރިކޮށް 22 ގަޑި އިރުގެ ތެރޭގައި އެއްކުރި ފައިސާއެވެ. ޖޯޖް ފްލޮއިޑްގެ ފަންޑަން ޖުމްލަ ލިބުނު ފައިސާއަކީ 1،020،020 ޑޮލަރެވެ. މިއީ 46،000 ފަރާތަކުން ދީފައިވާ ފައިސާގެ އެހީއެވެ.

Ads by Sosun Fihaara

20 ޑޮލަރުގެ ވަގު ނޫޓެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރަން އުޅުނު ޖޯޖްގެ އާއިލާގެ ފަރާތުން "ގޯ ފަންޑް މީ" ވެބްސައިޓްގައި އެދިގެން އެހީ ހޯދުމުގެ މަސައްކަތް ފެށީ، ޕޮލިހުން އޭނާއާއި މެދު އަމަލު ކުރި ގޮތުގެ ވީޑިއޯ އާންމު ވިތާ 2 ދުވަސް ފަހުންނެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު މި ފަންޑަށް އެހީވުމުން އާއިލާގެ ފަރާތުން ވަނީ އެކަމަށް ވަރަށް ބޮޑު ޝުކުރެއް އަދާކޮށްފައެވެ. ޖޯޖްގެ ބޭބެ ފިލޮނައިސް އާންމު ކުރި ބަޔާނުބުނެފައިވަނީ، "25 މޭގައި، އަހަރެންގެ ބޭބެގެ މަރުގެ ޚަބަރު ލިބުމުން އަހަރެމެން ހަޔާތް އެފުށްމިށަށް ޖެހުނު. މި ދަނޑިވަޅުގައި ތިޔަ ދިން އެހީތެރިކަމަށް ފަށްފަށުން ޝުކުރުވެރިވަން. ކޮންމެ މީހެއްގެ މެސެޖަށް ވަކިން ޖަވާބު ނުދެވިދާނެ. އަހަރެމެންގެ ހިތްތައްވަނީ ޝުކުރުން ފުރިފައި" ކަމަށެވެ.

ޖޯޖް ހައްޔަރު ކުރުމުގެ ތެރޭގައި ނަގާފައިވާ ވީޑިއޯ ގިނަ ބަޔަކަށް ބަލަންވެސް ނުކެރުނެވެ. އެ ވީޑިއޯގައި ޖޯޖް އަށް ނޭވާ ނުލެވޭ ކަމަށާ، ކަރަށާއި ބަނޑަށާ ހުރިހާ ތަނަކަށްވެސް ވަރަށް ބޮޑަށް ތަދުވާކަމަށް ބުނެ އާދޭސް ކުރަމުން ދިޔަ އަޑު އަހާކަށް އަދި ބަލާކަށްވެސް ގިނަ މީހުންނަކަށް ކެތެއް ނުވާނެއެވެ. ޖޯޖްގެ ކަރަށް ފައިން އަރާ ބާރުކޮށްގެން 6 ވަރަކަށް މިނިޓް ހުރުމުން ޖޯޖް ހޭނެތުނެވެ. އެމްބިއުލަންސަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައިވެސް އޭނާގެ ހަށިގަނޑުގައި ވިންދު ނެތްކަމަށް ހޮސްޕިޓަލުން ވަނީ ހާމަ ކޮށްފައެވެ. ޖޯޖްގެ އޮޓޮޕްސީ ރިޕޯޓެއް އަދި އާންމު ކޮށްފައެއް ނުވެއެވެ. ޖޯޖްގެ މަރާގުޅިގެން މިކަމުގައި ޝާމިލުވާ 4 ފުލުހުން ވަގުތުން ވަޒީފާއިން ވަކިކޮށް އެމީހުނާމެދު އެފް.ބީ.އައި އިން އަންނަނީ ތަހުގީގު ހިންގަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!