ތިލަފުށީގައި ރޯވި އަލިފާން ގަނޑު ނިއްވާލައިފި
ތިލަފުށި ފަޅުގައި އޮތް ދޯންޏެއްގައި ރޯވި އަލިފާން ގަނޑު އެމްއެންޑީއެފްގެ ފަޔަރ ރެސްކިއު ލޯންޗުން ކޮންޓްރޯލް ކޮށްފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ހަވީރު ގާތްގަނޑަކަށް 17:37 ހާއިރު ކަމަށާއި، މި ހާދިސާގައި ދެ މީހަކު ވެސް ފިހިފައި ވާ ކަމަށެވެ.
މި ހާދިސާގައި ފިހިފައި ވަނީ ދިވެއްސެއްގެ އިތުރުން ބޭރު މީހެކެވެ. މި ދެމީހުން ވެސް މިހާރު އިތުރު ފަރުވާއަށް މާލެ ގެނެވިފައިވާ ކަމަށާއި، އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި ފިހިފައިވާ ދެމީހުންގެ ތެރެއިން ވެސް ބޮޑަށް ފިހިފައި ވަނީ ދިވެހި މީހާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
Ads by Allied Insurance