ދުނިޔެ

އޮސްޓްރޭލިޔާގެ ހޮޓަލެއްގެ 10 ވަނަ ބުރިން ވެއްޓި މަރުވި މީހަކީ ކާކުކަން ދެނެގަނެވިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިމަހުގެ 22 ވަނަ ދުވަހު އޮސްޓްރޭލިޔާގެ ޑަރލިންގ ހާބަރުގައި ހުންނަ ހަޔާތު ރީޖެންސީ ހޮޓަލުގެ 10 ވަނަ ބުރިން ވެއްޓި މަރުވި މީހަކީ ސިޑްނީގެ ދެކުނުގެ ކަރީލާ ކިޔާ ހިސާބަކަށް ނިސްބަތްވާ އުރުމުން 45 އަހަރުގެ ޖޯޑީ ލަވެލް ކިޔާ މީހެއްކަމަށް ޑެއިލީ މެއިލް ރިޕޯޓްކޮށްފިއެވެ.

Ads by Sosun Fihaara

ދެކުދިންގެ މަންމަ ޖޯޑީ މި ހޮޓަލުގައި ހުރީ އޭނާ ހިތާވެގެން އުޅޭ މީހަކާ އެކީގައެވެ. ޖޯޑީ ވެއްޓުނީ ޖޯޑީގެ ފޯނަށް އައި މެސެޖަކާ ގުޅިގެން ދެމީހުންގެ މެދުގައި ބޮޑު ޒުވާބެއް ހިނގުމަށް ފަހުއެވެ.
ރެއަކަށް 500 ޑޮލަރަށް ދޭ ކޮޓަރިއެއް ހިފައިގެން ތިބި ދެމީހުންގެ މެދުގައި ޒުވާބު ހިނގާ ޖޯޑީ ގޮސް ބެލްކަނީގެ ދޮރު ބޭރުން ތަޅުލިކަމަށާ، ފަހުން ބެލިއިރު އޭނާ ފެންނަން ނެތުމުން ހޮޓަލުގެ މުވައްޒަފުން ގާތުގައި ބުނެގެން އިމަރޖެންސީ ނަންބަރަށް ގުޅިކަމަށް، އޭނާއާއި އެކުގައި ހުރި ފިރިހެން މީހާ ފުލުހުންނަށް ކިޔައިދިނެވެ.

ޖޯޑީގެ ހަށިގަނޑު ފެނިފައިވަނީ ރޭގަނޑު 8 ޖެހިއިރު، އެތާންގެ ތިރިން ސަސެކްސް ސްޓްރީޓުގައި ހުރި ކުޑަ ހޮޓަލެއްގެ ފުރާޅުމަތިންނެވެ.
ޖޯޑީއަކީ ޑިޕްރެޝަންގެ އިތުރުން ނަފްސާނީ އެހެން މައްސަލަތަކެއް ވެސް ހުންނަ މީހެއްކަމުން، އޭނާ ވައްޓާލީކަމެއް ނުވަތަ ވެއްޓުނީ ކަމެއް ނުނިންމާ ކަމަށާއި ނަމަވެސް ތަހުގީގު ކުރިއަށްދަނީ ހުރިހާ އެންގަލް އަކަށްވެސް ބަލަމުން ކަމަށް ފުލުހުން ހާމަ ކުރިއެވެ. މިދިޔަ ހަފްތާގައި ފުލުހުންވަނީ އެ ހޮޓަލަށް ގޮސް ޑަމީ ޓެސްޓްތަކެއް ކޮށްފައެވެ.

ސިޑްނީ ސިޓީ ޕޮލިސް އިން ވަނީ މިކަމުގައި އެއްވެސް މީހަކަށް އެނގޭ މަޢުލޫމާތެއް ހުރިނަމަ ކުރިއަށް ނިކުތުމަށް އެދިފައެވެ. މިއީ ޖޯޑީގެ ދެކުދިންނަށާއި އާއިލާ އަދި ރައްޓެހިންނަށް ޓަކައި ކޮށްދޭ ކަމެއް ކަމަށް ވެސް ފުލުހުން ހާމަ ކުރިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!