ލައިފްސްޓައިލް

އުމުރާއި ނިދަން ޖެހޭ ވަގުތާ ގުޅުމެއްވޭ! ތިބާ ދުވާލަކު ނިދަން ޖެހެނީ ކިތައް ގަޑިއިރުކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ރަނގަޅަށް ނިދުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ކޮންމެހެން ބޭނުންވާ މުހިންމު ކަމެކެވެ. ނިދުމުގެ ސަބަބުން ހަށިގަނޑާއި ސިކުނޑި ތާޒާވެ އަނެއް ދުވަހަށް މީހާ ތައްޔާރުވެއެވެ.

Ads by Sosun Fihaara

މީގެ އިތުރުން ފުރިހަމަ ނިދީގެ ސަބަބުން ވިސްނުން ތޫނު ކަން އިތުރުކޮށްދީ ދަސްކުރުމަށް ފަސޭހަ ވެގެން ދެއެވެ. އެހެންކަމުން ނިންޖަކީ ވަރަށް ވެސް މުހިއްމު އެއްޗެކެވެ. ނަމަވެސް ނިދާފައި އޮންނަ ވަގުތަކީ ވިސްނާލުން މުހިއްމު ކަމެކެވެ.

ނިދި މަދުވުމަކީ ހަށިގަނޑަށާއި ސިކުނޑި އަށް ނުރައްކާތެރި އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. ވީމާ ތިބާ ނިދަން ވީ ވަގުތު އެނގުމަކީ ބޭނުންތެރި ކަމެކެވެ. ސަބަބަކީ ނިދާ ވަގުތަކީ ތިބާގެ އުމުރާ ގުޅިފައިވާ އެއްޗަކަށް ވާތީއެވެ.

އެގޮތުން 1 ހަފްތާ އާއި 4 ހަފްތާ އާ ދެމެދުގެ ކުދިން ނިދުން އެކަށީގެން ވަނީ 15 ގަޑިއިރާއި 17 ގަޑިއިރަށެވެ. އަދި 4 މަހާއި 12 މަހުގެ ކުދިން ނިދުން އެކަށީގެން ވަނީ 14 ގަޑިއިރާއި 15 ގަޑިއިރަށެވެ. މީގެ އިތުރުން 1 އަހަރާއި 3 އަހަރުގެ ކުދިން ނިދުން އެކަށީގެން ވަނީ 12 ގަޑިއިރާއި 14 ގަޑިއިރަށެވެ. 3 އަހަރާއި 6 އަހަރުގެ ކުދިން ނިދުން އެކަށީގެން ވަނީ 10 ގަޑިއިރާއި 12 ގަޑިއިރަށެވެ. 6 އަހަރާއި 12 އަހަރުގެ ކުދިން ނިދުން އެކަށީގެން ވަނީ 10 ގަޑިއިރާއި 12 ގަޑިއިރަށެވެ.

12 އަހަރާއި 18 އަހަރުގެ ފުރާވަރުގެ ކުދިން ނިދުން އެކަށީގެން ވަނީ 8 ގަޑިއިރާއި 10 ގަޑިއިރަށެވެ. އަދި 18 އަހަރުން މަތީ މީހުން ނިދުން އެކަށީގެން ވަނީ 7 ގަޑިއިރާއި 8 ގަޑިއިރަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!