ޚަބަރު

“ކޮވިޑްގެ އާ ވޭރިއަންޓު އަދި ރާއްޖެއިން ފެނިފައެއް ނުވޭ”

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް-19 ގެ އާ ވޭރިއަންޓު އަދި މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށް އެޗްއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ ސެންޓަރުގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ރާއްޖެއިން އެއް ބެޗް ސީކުއެންސިންގ އަށް ފޮނުވާފައި ޓެސްޓު ކޮށްފައިވާ ކަމަށާއި އަދި އޭގެ ނަތީޖާއިން ދެނެގަނެވުނީ ރާއްޖޭގައި އުޅެނީ މި ވައިރަހުގެ އެއް ވައްތަރު ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އިތުރު ބެޗެއް ސީކުއެންސިން އަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ވެސް ނަޒްލާ ވިދާޅުވިއެވެ.

މިހާރު ހުރި މައުލޫމާތު ތަކަށް ބަލާއިރު އިނގިރޭސިވިލާތުން ފެނިފައިވަނީ ކޮވިޑްގެ އާ ސްޓެރިނެއް ނޫން ކަމަށާއި އާ ވޭރިއެންޓެއް ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ. އަދި މި ވޭރިއަންޓުގެ ތަފާތު ކަމަކީ މި ވޭރިއަންޓުގައި އާދަޔާ ހިލާފަށް މިއުޓޭޝަން ހުރުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް-19 ވައިރަސްގެ އިތުރު ތިން ވައްތަރެއްގެ ވޭރިއަންޓެއް ވަނީ ފާހަގަ ކުރެވިފައެވެ. މީގެ ތެރެއިން ދެވޭރިއަންޓެއް ފާހަގަ ކުރެވިފައި ވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއްގައުމެވެ. އިނގިރޭސިވިލާތުގައި ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކުރެވުމުން 40 އަށްވުރެ ގިނަ ގައުމުގެ ބޯޑަރު ވަނީ އިނގިރޭސިވިލާތުން ދަތުރު ކުރާ މީހުންނަށް ބަންދުކޮށްފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!