Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިންޑިއާގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

އިންޑިއާގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖީ ބަލަސުބްރަމާނިޔަމް، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.

ސުބްރަމަނިޔަމްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ރައީސް އޮފީހުން ބުނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ވަނީ ސުބްރަމަނިޔަމް އަށް މަރުހަބާ ވިދާޅުވެފައި ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖެ އާއި އިންޑިއާ ދެމެދު ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި، އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތރުުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ސަފީރުކަމަށް އައްޔަނުކުރެއްވުމާ ހަމަޔަށް ސުބްރަމަނިޔަމް ހުންނެވީ އިންޑިއާއިން ނައިޖީރިއާ އަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގަ އެވެ.

އޭގެ ކުރިން ރަޝިޔާގެ ވެރިރަށް މޮސްކޯ، ތަޖިކިސްތާނުގެ ވެރިރަށް ދުޝަންބޭ، އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ އަދި ތައިލެންޑުގެ ބެންކޮކް ގައި ހުންނަ އިންޑިއާގެ މިޝަންތަކުގެ މަގާމުތައް ސުބްރަމަނިޔަމް ފުރުއްވާފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް