ދުނިޔެ

ޖަރުމަނުވިލާތުގައި ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދިނީ އުމުރުން 101 އަހަރުގެ އަންހެނަކަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބަރލިން: ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޖަރުމަނުވިލާތުގައ އެންމެ ފުރަތަމަ ވެކްސިން ދިނީ އުމުރުން 101 އަހަރުގެ އަންހެނަކަށެވެ.

Ads by WAMCO

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އުމުރުން ދުވަސް ވެފައިވާ މީހުން ބަލަހައްޓާ ސެންޓަރެއްގައި ދިރިއުޅެމުން އަންނަ އެއަންހެން މީހާއަށް މި ވެކްސިން ދީފައިވަނީ އިއްޔެއެވެ. އެއީ ޖަރުމަނާއި ޔޫރަޕިއަން ޔޫނިއަން ގައި ރަސްމީކޮށް ވެކްސިން ދޭން ފެށުމުގެ އެއް ދުވަސް ކުރިންނެވެ.

އެސެންޓަރުގައި މަސައްކަތް ކުރާ 10 ސްޓާފުންނާއި އެތަނުގައި ދިރިއުޅޭ އުމުރުން ދުވަސްވީ 39 މީހުންގެ ތެރެއިން އެޑްތު ވޮއިޒަލާ އަކީ އުމުރުން އެންމެ ދުވަސްވީ މީހާއެވެ. ކޮވިޑުން ރައްކާތެރި ކުރުމަށް ޖަރުމަނުގައި ވެސް ޖަހަނީ ފައިޒާ/ބަޔޮއެންޓެކް ވެކްސިނެވެ.

މިމަހުގެ ދެ ވަނަ ދުވަހު ބްރިޓަން އަށް ހުއްދަ ލިބުނު ފަހުން ދެކުނުގެ ޤައުމުތަކުގައި އެންމެ ފުރަތަމަ ޖަހަމުން އައިސްފައި ވަނީ ފައިޒާ/ބަޔޮއެންޓެކް ވެކްސިނެވެ. އެމެރިކާ އަދި ސައުދީ އަރަބިއާ ފަދަ ޤައުމުތަކުގައި ބެސް މި ވެކްސިން ޖަހަން މިހާރު ފަށާފައި ވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޖަރުމަނަށް ވެކްސިން ލިބެން އެންމެ ފުރަތަމަ ލަފާ ކޮށްފައިވާ ތާރީޚަކީ ޑިސެމްބަރު މަހުގެ 29 އެވެ. ނަމަވެސް ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ) ގައި އީޔޫއިން އެދިގެން، އެންމެ ފަހުން އެއެޖެންސީން ވެކްސިން ޖެހުމުގެ ހުއްދަ ޖަރުމަނަށް ދީފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!