Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނޫސްވެރިން ޒިންމާދާރުވާން ފަސްޓް ލޭޑީ ގޮވާލައްވައިފި

ނޫސްވެރިން ޒިންމާދާރުވާން ފަސްޓް ލޭޑީ ގޮވާލައްވައިފި

 

ޒިންމާދާރު ގޮތެއްގައި ނޫސްވެރިން މަސައްކަތް ކުރެއްވުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއްވި "ވިޝަންސް އޮފް ދަ ފިއުޗާ" ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމަށް ނޭޝަނަލް އާޓް ގެލެރީގައި ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ ވަރަށް ޒިންމާދާރު ގޮތެއްގައި ނޫސްވެރިކަމާއި ކޮންޓެންޓް އުފެއްދުމުގެ މަސައްކަތް ހިންގަން ޖެހޭ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"މިއަދު ހުރިހާ މީޑިއާތަކަށް އަޅުގަނޑު މި ގޮވާލަނީ، ޒިންމާދާރު ގޮތުގައި، ކަމަށް ކަމޭ ހިތައިގެން، މީޑިއާތަކުގެ މަސައްކަތްތަކާއި ނޫސްވެރިކަން ކުރެއްވުން،" ސާޖިދާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ޚިދުމަތަކީ، މާ ކަނޑެއް ވަށައިގެން ދުރުދުރުގައި ވަކިވަކިން އޮތް ޖަޒީރާތައް ރަށްތައް ގުޅުވައިލަ ދިން މަސައްކަތެއް ކަމަށެވެ. ރާއްޖޭގައި ބޮޑެތި ހާދިސާތައް ހިނގާ ކޮންމެ ފަހަރަކު ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން އުޅެން ޖެހެނީ އަވަދި ނެތި އެ ކަން އަރުޝީފުކޮށް އޭގެ މައުލޫމާތުތައް ފެތުރުމުގައި ކަން ސާޖިދާ ފާހަގަ ކުރެއްވި އެވެ.

ނޫސްވެރިކަމާއި ކޮންޓެންޓް އުފެއްދުމާއި ބްރޯޑްްކާސްޓިން ހިދުމަތް އެ ގޮތުގައި ދެމިއޮންނަން ބޭނުންފުޅުވާ ކަމަށް އެ ވާހަކަ ތަކުރާރުކޮށް މިއަދު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް