ދުނިޔެ

ޓޫރިސްޓަކަށް ކޮވިޑް-19 ޖެހިއްޖެ ނަމަ ދަތުރުގެ ހުރިހާ ހަރަދެއް ސަރުކާރުން ދެނީ

ދެން އެމްވީ ، ދެން އޮންލައިން

މެދުއިރުމަތީގެ ގައުމެއް ކަމަށްވާ ސައިޕްރަސް ޓޫރިސްޓުންނަށް ހުޅުވާލައި ، އެގައުމުގައި ޓޫރިސްޓަކަށް ކޮވިޑް19 ޖެހިއްޖެނަމަ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭން ނިންމައިފިއެވެ. މީގެ އިތުރުންވެސް އިތުރު އިނާޔަތްތަކެއް ވަނީ ޓޫރިސްޓުންނަށް ކަނޑައަޅާފައެވެ.

Ads by Sosun Fihaara

ސައިޕްރަސް އަކީ ކޮވިޑް19 ގެ ކޭސްތައް ވަރަށް މަދުން ފެނުނު ގައުމެކެވެ.

ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ނަމަ އެ މީހެއްގެ ޗުއްޓީގެ ހުރިހާ ހަރަދެއް ސައިޕްރަސް ސަރުކާރުން ހަމަޖައްސައިދޭއިރު އޭގެ ތެރޭގައި އެ މީހަކާ ގޮސް ގޮސް ތިބި މީހުންގެ ހޮޓަލުގެ ހަރަދާއި ކެއުންބުއިމާއި ބޭސް ފަރުވާ އާއި ސައިޕްރަސްގެ ތެރޭގައި ކުރަން ޖެހޭ ދަތުރުތައް ހިމެނެ އެވެ. ނަމަވެސް އެމީހަކު އެނބުރި ގައުމަށް ދާ ހަރަދު ބަލަހައްޓަން ޖެހެނީ އަމިއްލައަށެވެ.

އެގައުމުން އިންޓަނޭޝަނަލް ދަތުރުތަކަށް ބޯޑަރު ހުޅުވާލަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

އަދި އެގައުމަށް ދަތުރު ކުރާ މީހުން ދަތުރު ކުރުމުގެ ތިން ދުވަސް ކުރިން ކޮވިޑް19 އަށް ނައްސިކަން ސާބިތުކޮށްދޭން ޖެހެއެވެ.

އާބާދީގައި 1.17 މިލިއަނަށް މީހުން ދިރިއުޅޭ ސައިޕްރަސް އިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވަނީ 943 މީހުނަށެވެ. އަދި އެބަލީގައި މަރުވެފައިވަނީ އެންމެ 17 މީހުނެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!