ޚަބަރު

ރާއްޖޭގައި އުމުރުން ދުވަސްވީ ގިނަ މީހުން ޑިޕްރެޝަނުގައި: ދިރާސާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ ދެބައި ކުޅަ އެއްބައި މީހުންނަކީ އެކަނިވެރިކަމާއި ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ މީހުން ކަމަށް ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ.

Ads by STELCO

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން މިއަދު ޝާއިއު ކުރި މި ދިރާސާއަކީ މާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ބެލުމަށްޓަކައި ކުރިއަށް ގެންދިޔަ ދިރާސާއެކެވެ.

އެގޮތުން މި ދިރާސާގައި ވަނީ އުމުރުން ދުވަސްވީ 312 މީހަކު ބައިވެރިވެފައެވެ. އެއީ އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ 151 އަންހެނުންނާއި 161 ފިރިހެނުންނެވެ.

“ވެލް-ބީން އޮފް އެލްޑަލީ ލިވިން އިން މާލެ ސިޓީ މޯލްޑިވްސް: ޕްރިވަލެންސް އެންޑް ރިލޭޝަންޝިޕް ބިޓްވީން ސޯޝަބިލިޓީ، ލޯންލިނެސް އެންޑް ޑިޕްރެޝަން" ގެ ނަމުގައި ކުރިއަަށް ގެންދިޔަ ދިރާސާއިން ދައްކާގޮތުގައި މާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 56.1 އިންސައްތަ މީހުން ވަނީ ޑިޕްރެޝަން ގެ ޝިކާރައަކަށް ވެފައެވެ.

އަދި 55.4 އިންސައްތަ މީހުންނަކީ އެކަނިވެރި ކަން ތަހައްމަލު ކުރާ މީހުން ކަމަށް ފާހަގަ ކޮށްފައި ވާއިރު، 64 އިންސައްތަ މީހުން އިޖުތިމާއީ ގުޅުންތައް ދަމަހައްޓާ ކަމުގައި އެ ދިރާސާގައި ވަނީ ބުނެފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!