ކައިވެންޏަށް އަށް އަހަރު ފުރުމުގެ ހަދިޔާއަކަށް އަނބިމީހާ އަށް ދިނީ ހަނދުން ބިމެއް

ލޯބިވެރިންގެ ވައުދުތައް ފުއްދުމުގައި ހަނދަކީ ޒަމާނުއްސުރެ ވަރަށް ބޮޑު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އެއްބަޔަކު ހަނދު ހެކި ކޮށް ލޯބި ހުށަހަޅާއިރު، ލޯބިވާކަން ހާމަ ކޮށްދޭން ހަނދު ގެނެސްދޭން ވެސް ބައެއް މީހުން ބުނެއެވެ.
މިއީ ވެސް އެފަދަ ޖޯޑެއްގެ ވާހަކައެވެ. އިންޑިއާގެ މި ދެމަފިރިންގެ ކައިވެންޏަށް އަށް އަހަރު ފުރުމުގެ މުނާސަބަތުގައި ފިރިމީހާ ވަނީ އަނބިމީހާ އަށް ހަނދު ގެނެސް ދީފައެވެ.

ދަރުމެންދަރު އޭނާގެ އަނބިމީހާ އަނީޖާއަށް ގަނެދިނީ ހަނދުން ބިމެކެވެ. ހަނދުން 12140.569 ސްކޮޔާ މީޓަރުގެ ބިމެއް ގަނެ އަނބިމީހާއަށް ދޭން ބޭނުންވީ އަނބިމީހާއަށް ހާއްސަ ހަދިޔާއެއް ދިނުމުގެ ގޮތުން ކަމަށް ދަރުމެންދަރު ވަނީ ބުނެފައެވެ.
އޭނާ ހަނދުން މި ބިން ގަނެފައި ވަނީ އެމެރިކާގެ ލޫނާ ސޮސައިޓީ އިންޓަނޭޝަނަލް މެދުވެރިކޮށެވެ.
ހަނދަކީ އެމެރިކާގެ ތަނެއްތޯ؟