ލައިފްސްޓައިލް

ކުޑަ ކުދިން ނިދަން ޖެހެނީ ކިތައް ގަޑިއިރު؟

ދެން އެމްވީ ، ދެން އޮންލައިން

ބައެއް މީހުން އެ މީހުންގެ ދަރިން ނިދާނެ އިރަކު ނިދަން ދޫކޮށްލާފައި ތިބެއެވެ. އަނެއް ބަޔަކު އޮންނަނީ އެ މީހުންގެ ޅަ ދަރިން ނިދަން އޮށޯންނަށް ޖެހޭ ވަގުތާއި ހޭލަންވީ ވަގުތު ވެސް ކަނޑައަޅައިފައެވެ.

Ads by MWSC

އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން މިހާރު މި ވަނީ ކުޑަކުދިން ކޮންމެ ދުވަހަކު ނިދަން ޖެހޭ ވަގުތުގެ ދިގުމިނާ ބެހޭ އައު ގައިޑްލަނެއް އާންމުކޮށްފައެވެ. ތުއްތު ކުދިންނާ ހިސާބުން ފެށިގެން ފުރާވަރުގެ ކުދިންނަށް މި މިންގަނޑުގައި ވަގުތު ކަނޑައަޅައިފައިވެއެވެ. އެންމެ ތުއްތު ކުދިން 16 ގަޑިއިރު ނިދަން ޖެހޭއިރު ފުރާވަރުގެ ކުދިންނަށް އަށް ގަޑިއިރެވެ.

މިއީ އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިން އިން ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރުނު މިފަދަ ފުރަތަމަ ގައިޑްލައިނެވެ.

މި ދިރާސާގައި ބުނެފައި ވަނީ އެކަށީގެންވާ މިންވަރަށް ނިދުމުން ކުދިންގެ ސަމާލުކަން އިތުރުވެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވާ ކަމަށެވެ. އެގޮތުން މި ދިރާސާގައި ބައިވެރިކުރި ހުރިހާ އުމުރުފުރައެއްގެ ކުދިންގެ ކިބައިން ވެސް މި ތަފާތު ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.

ކޮންމެ ދުވަހަކު/ރެޔަކު ނިދި ބޭނުންވާ މިންވަރު

> 12-16 ގަޑިއިރު: އުމުރުން 4-12 މަހާ ދެމެދުގެ ކުދިންނަށް ދުވާލުގެ ނިންޖާ އެކު މި މިންވަރަށް ނިދި ބޭނުންވޭ.

> 11-14 ގަޑިއިރު: އުމުރުން 1-2 އަހަރާ ދެމެދުގެ ކުދިންނަށް.

> 10-13 ގަޑިއިރު: އުމުރުން 3-5 އަހަރުގެ ކުދިންނަށް.

> 9-13 ގަޑިއިރު: އުމުރުން 6-12 އަހަރުގެ ކުދިންނަށް.

> 8-10 ގަޑިއިރު: އުމުރުން 13-18 އަހަރުގެ ކުދިންނަށް.

ރަނގަޅަށް ނިދި ނުލިބޭ ކުދިންނަށް ފަލަ ބަލީގެ މައްސަލައާއި ހަކުރު ބައްޔާއި އެކްސިޑެންޓްތަކާއި ޑިޕްރެޝަންއާއި އަމިއްލައަށް މަރުވުމުގެ ފިކުރު އިތުރު ވުމުގެ މައްސަލައާ ކުރިމަތިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!