މަގުމަތިވެ ކާނެ އެއްޗެއް ނެތިފައި ތިބި ބުޅާތަކަށް ކާން ދިނުމުގައިވެސް ފުލުހުން، ތައުރީފު އޮހެނީ

މާލެ ލޮކްޑައުން ކުރުމާ ގުޅިގެން މަގުމަތިވެ ކާނެ އެއްޗެއް ނެތިފައި ތިބި ބުޅާތަކަށް ކާން ދިނުމުގައިވެސް ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ޓްވީޓުކުރި ފޮޓޯއަކުން ފެންނަނީ ބަނޑުހައިވެގެން މަގުމަތީގައި އުޅޭ ބުޅާތަކަށް ތިން ފުލުހަކު ވެގެން ކިރު ދޭ މަންޒަރެވެ. ފުލުހުންގެ މި ހިދުމަތަށް މީސްމީޑިއާ ގައި ދަނީ ތައުރީފް ކުރަމުންނެވެ.
މީގެ އިތުރުން ފުލުހުން އަންނަނީ ކޮތަރަށް ކާންދިނުމުގެ މަސައްކަތާއި ލޭ ހަދިޔާ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މީގެ އިތުރުންވެސް ކޮވިޑް19 ގެ އެހެން ކަންކަމުގައި ވެސް ދިވެހި ފުލުހުން ފުރާނަ ނުރައްކަލަށް ހުރަހޮޅިގެން ކުރަމުންގެންދާ އެހެނިހެން މަސައްކަތްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ދިވެހި ފުލުހުންވަމުންދާ ގުރުބާނީ އަކީ ދުވަހަކު ވެސް އޭގެ އަގު އަދާ ކުރެވޭނެ ކަމެއް ނޫނެވެ.