Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

މޯލްޑިވިއަނުން މެލޭޝިއާއިންނާއި ތައިލެންޑުން ސޭލްސް އެޖެންޓުން ހޯދަނީ

މޯލްޑިވިއަނުން މެލޭޝިއާއިންނާއި ތައިލެންޑުން ސޭލްސް އެޖެންޓުން ހޯދަނީ

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސް) އިން މެލޭޝިއާއިންނާއި ތައިލެންޑުން ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ހޯދަން އިއުލާނުކޮށްފި އެވެ.

އައިއޭއެސްއިން ސޭލްސް އެޖެންޓުން ހޯދުމަށް އިއުލާނުކޮށްފައި ވަނީ <a href="https://www.gazette.gov.mv/iulaan/326761">މެލޭޝިއާ</a>ގެ ކުއަލަލަމްޕޫރުންނާއި <a href="https://www.gazette.gov.mv/iulaan/326762">ތައިލެންޑު</a>ގެ ބެންކޮކުންނެވެ. އެ ދެ ގައުމަކީ ވެސް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކޮށް އުޅޭ ދެ ގައުމެވެ.

ހިދުމަތް ދިނުމަށް އެއްބަސްވުމަށް ފަހު ހިދުމަތަށް އެދޭ ކުންފުނިން ރާއްޖޭގެ ޓުއާ އޮޕަރޭޓަރެއް ތަމްސީލުކޮށްގެން ނުވާނެ ކަމަށް އައިއޭއެސްއިން ބުންޏެވެ.

Advertisement
Allied Insurance — Square (box)

ދެ އަހަރު ދުވަހުގެ މުއްދަތަށް ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކަމަށް އެދި ކުރިމަތިލުމަށް ވަނީ އެދިފަ އެވެ.

ކަމާ ގުޅޭ އިތުރު މައުލޫމާތު އިއުލާނާ އެކު އެޓޭޗްކޮށްފައިވާ ޕްރޮޕޯސަލް ހުށަހެޅުމުގެ ރިކުއެސްޓް ޑޮކިއުމަންޓުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ބުނެފައިވެ އެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް (އެއާބަސް އޭ-330) ރާއްޖެއަށް ގެނެސްފައި ވަނީ ހުސްވި މަހުގެ 6 ވަނަ ދުވަހު އެވެ. އެ ބޯޓާ އެކު އެއާލައިނުން ވަނީ ޗައިނާގެ ޗެންޑޫއަށާއި ބެއިޖިން އަދި ޝަންހާއީއަށް ދަތުރުތައް ފަށާފަ އެވެ.

އެ ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓުގެ އިތުރުން 210 އިކޮނޮމީ ސީޓު ހިމެނެ އެވެ. ބޯޓުގައި ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.

ވައިޑް-ބޮޑީ އެއާކްރާފްޓާ އެކު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ބޯޓުތަކުގެ އަދަދު ވަނީ 25 އަށް އިތުރުވެފަ އެވެ. ޗައިނާ އާ ދެމެދު ފެށި ދަތުރުތަކާ އެކު މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތަކުގެ އަދަދު 29 އަށް ވަނީ އިތުރުވެފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް