ރޯދައަށްވާ ހާއްސަ ތައްޔާރީތައް: އެސްޓީއޯއިން ބިހާއި އަލުވި ވެސް ބާޒާރަށް ނެރެފި

ކުރިއަށް އޮތް ރޯދަ މަހަށް ވަމުން އަންނަ ހާއްސަ ތައްޔާރީތަކުގެ ތެރެއިން އެސްޓީއޯއިން ބިހާއި އަލުވި ވެސް ބާޒާރަށް ނެރެފި އެވެ.
އެސްޓީއޯއިން ރޯދަ މަހަށް ހާއްސަކޮށް އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެ އެވެ.
އެސްޓީއޯއިން މިއަދު ބުނީ ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަ މަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން ކަމަށެވެ. ރޯދަ މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މިފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި އާންމުންނަށް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.
މި ތަކެތީގެ އަގު ކަނޑައަޅާފައި ވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެން ކަމަށާ އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެ ކުންފުނިން ވިއްކާ އަގަށް ވެސް ބަދަލު ގެނެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
"އަދި އެކްސެޕްޝަނަލް ކޭސްތަކުގައި ވަކި ސަރަހައްދުތަކެއްގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ސަރަހައްދެއްގައި ވިއްކާ އަގަށް ބަދަލު ގެނެވޭނެ އެވެ. ނަމަވެސް އާންމު ހާލަތުގައި ހުރިހާ އެސްޓީއޯގެ ރީޖަނަލް ސަރަހައްދަކުން ވެސް ލިބެން ހުންނާނީ އެއް އަގެއްގަ އެވެ،"
އެސްޓީއޯއިން މިވަގުތު:
- ބިސް ކޭހެއް ވިއްކާނީ 320 ރުފިޔާއަށް
- އަލުވި ބަސްތާއެއް ވިއްކާނީ 310 ރުފިޔާއަށް
- ފިޔާ ބަސްތާއެއް ވިއްކާނީ 310 ރުފިޔާއަށް
- ފަސް ކިލޯގެ ލުނބޯ ކޭހެއް ވިއްކާނީ 145 ރުފިޔާއަށް
- އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
- ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
- ޕްރޮސެސްޑް ކާނާ: ނެސްލޭ ކްރީމް، ކޮކޯ ޕައުޑަ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
- ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ






ކޮމެންޓް