އައްޒަ ދައްކާލީ ކޮޓަރި އެކަންޏެއް ނޫން، މުޅި ގެ! މިއީ މުއާގެ ހީވާގި މަސައްކަތް!

ދިިވެހި ފަންނާނުންގެ ތެރެއިން އެމީހަކު އުޅޭ ގޮތެއް އެންމެ ގިނަ ބަޔަކު ބަލަމުންދާ އެއް ފަންނާނަކީ މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ އޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.
އައްޒަ ހެދުން އަޅާ ގޮތާއި، އޭނަ އަތުގައި ހުންނަނީ ކިތައް ފައިވާނާއި ބޫޓުކަމާއި، ކިތައް ދަބަސް ކަމާއި، ދިރިއުޅޭ ކޮޓަރި ހުންނަނީ ކިހިނެއް ކަމާއި، މިހެން ގޮސް އައްޒައާ ބެހޭގޮތުން ކިތަންމެ ކުޑަ ވާހަކައެއް ނަމަވެސް އެނގެން ބޭނުންވާ މީހުން ގުނައި އަދަދު ނުކުރެވޭހާ ގިނައެވެ.
އެހެން ތަރިންނާ ޚިލާފަށް އައްޒަ އަކީ އޭނާގެ ފޭނުންނާ ނުހަނު ގާތް ގުޅުމެއް ބަހައްޓާ ފަންނާނެއް ކަމުން، އިންސްޓަގްރާމްގައި އޭނާއާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާލުމުން ވެސް އެންމެ ގިނަ ބަޔަކު އެދޭ އެދުމަކަށް ވެފައިވަނީ އައްޒަ ގެ ކޮޓަރިއާއި ފައިވާންތައް ދައްކާލުމެވެ.

ފޭނުންގެ އެ އެދުން ރެއާ މިއަދު އައްޒަ ފުރިހަމަ ކޮށްދިނެވެ. މާބްލް ތީމަކަށް ފަރުމާ ކޮށްފައިހުރި ކޮޓަރީގެ ޓުއަރ އެއް ދައްކާލިއެވެ. އޭގެ އިތުރުން އެތައް ބަޔަކު ބަލާހިތުން އުޅުނު ފައިވާން ކްލޯޒެޓާއި "ވެނިޓީ" ގެ އިތުރުން އެންމެ ކަމުދާ ސެންޓުތައް ވެސް ދައްކާލިއެވެ.

އެޓުއަރ އަށްފަހު ނޫސްތަކުގެ ސުރުހީތަކަށް ވެސް އެވާހަކަ މާލަސްތަކެއްނުވެ އެރިއެވެ. އައްޒަގެ ކޮޓަރި ފެނުނު ވާހަކައެވެ. އެތައް ބައެއްގެ އެ އެދުން އެންމެ ފަހުން ފުރިހަމަވީ ވާހަކައެވެ.

ނަމަވެސް ހަގީގަތުގައި، އައްޒަ ދައްކާލާފައި ވަނީ ހަމައެކަނި އޭނާގެ ކޮޓަރިތެރެ އެކަންޏެއް ނޫނެވެ. ނުވަތަ ފާޚާނާ އެކަންޏެއް ވެސް ނޫނެވެ. މިފުރުސަތުގައި އޭނާ ވަނީ މުޅި ގޭތެރެ އެއްކޮށްހެން ބެލުންތެރިނަންނަށް ދައްކާލާފައެވެ.

އެގޮތުން އައްޒަމެން ދިރިއުޅޭ ގޭގެ ބަދިގެއާއި، ކާކޮޓަރީގެ އިތުރުން "ކޮފީ ކޯނަރ" ވެސް ދައްކާލިއެވެ.

މީގެއިތުރުން އައްޒަގެ ސްޓޯރީތަކުންނާއި ފޮޓޯތަކުން މީގެ ކުރިން ފެނިފައިވާ ނުހަނު ހިތްގައިމު ގޮތަކަށް ހަދާފައިވާ ޓެރެސް ވެސް ވަނީ ދައްކާލާފައެވެ. ޓެރެސް މަތީގައި އެތައް ބައިވަރު ކުދި ގަސްތަކެއް ހުއްޓެވެ. އިށީންދެލަން ނުހަނު އަރާމު ވާނެހެން ހީވާ ގޮނޑިތަކެއް ވެސް ބަހައްޓާފައި ހުރިއިރު، ޓެރަސް ގައި އެލުވާލާފައިވާ އުނދޯލިން އެތަނަށް އިތުރު ފުރިހަމަ ކަމެއް ގެނުވާފައި ވެއެވެ.

ކޮންމެއަކަސް އައްޒަ ގެ ގެއާއި ކޮޓަރި ފެނިފައި އާޝޯޚު ނުވި މީހަކު މިއަދު މަދު ވާނެއެވެ. "މަށެއް ނޫޅެމޭ ބަލާކަށް" ބުނި ކިތަންމެ ބަޔަކު ވަނީ އެފޮޓޯތަކާއި ވީޑިއޯތައް ބަލާ، އައްޒަ ދިރިއުޅޭ ގެ ފަރުމާ ކޮށްފައި ހުރީ ވަރަށް ރީތިކޮށް ކަމަށް ހިތާހިތުން ނަމަވެސް އެއްބަސް ވެސް ވެފައެވެ.
މިހާ ފުރިހަމަ ކަމާއެކު، ތަފާތު ގޮތަކަށް އެ ގޭތެރެ ފަރުމާކޮށް، އެގޭގެ "ރެނޮވޭޝަން" ގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ވަނީ، އިތުރު ދެވަނަ މީހެއް ނޫނެވެ. މިއީ އައްޒަގެ ލޯބިވާ ފިރިމީހާ އަދި އެކްޓަރ/ޑައިރެކްޓަރ ޢަބްދުﷲ މުއާޒް (މުއާ) ގެ ހުނަރުވެރި ބުރަ މަސައްކަތް ކަމަށް ޚުދު އައްޒަ ވެސް ވަނީ ބުނެފައެވެ.
މިއީ ކުޑަ މަސައްކަތެއް، ނުވަތަ ނުހަނު ފަސޭހަކަމާއެކު ކުރެވޭހާ ލުއި މަސައްކަތްތަކެއް ވެސް ނޫނެވެ. ގޭތެރެއަށް ބަލާލާފައި ވެސް އެގޭގެ މުޅި އިންޓީރިއަރ ޑިޒައިނުން ވެސް އެކަން ވަރަށް ރަނގަޅަށް ހާމަ ވެއެވެ. އެހެންކަމުން މުއާ ކޮށްފައިހުރި މަސައްކަތްތަކަށް އައްސަރި ބަހާއި ސާބަސް ހަމަ ޔަގީނުން ވެސް ދޭވަރު ވެއެވެ.
މިތަނުގައ ލަގްޒަރީފެންވަރުގ އުޅެވިދާނ. ހަމައެފަދައިންދެން އޮތްތަނ ވެސްލަގްޒަރީފެންވަރަށ ގެނެވޭތ މަސަް ކުރާތ
ފަހުދުވަހަށް އެއީ މާ ފަސް
ބަދިގެއަށް ބަލާފަ ހީވަނީ އެއީ މީހަކު ބޭނުން ނުކުރާ ތަނެއްހެން
ހުމމމް ނިކަން ކަންނެތޭ އަހަރުން އެހެންވެ ނުވަންނަން ބަދިގެ އަކަށް… ހެހެހެހެ
ޝުކުރިއްޔާއެވެ.