Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިނިސްޓަރު ހަލީލު، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

މިނިސްޓަރު ހަލީލު، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ ބައްދަލުކުރައްވައިފި އެވެ.

ޖައިޝަންކަރާއި ހަލީލު މި ބައްދަލުކުރެއްވީ، އިންޑިއާގައި ކުރިއަށްދާ ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

ބައްދަލުކުރެއްވުމުގެ ފޮޓޯތަކާއެކު ހަލީލު އަދި ޖައިޝަންކަރު ވެސް އެކްސްގައި ޕޯސްޓް ކުރެއްވި އެވެ.

Advertisement
Allied — Dhen Online (box)

ހަލީލު ރީޕޯސްޓްކުރެއްވި ފޮރިން މިނިސްޓްރީގެ ޓްވީޓްގައި ވަނީ ދެ މިނިސްޓަރުން މަޝްވަރާކުރެއްވީ ތަރައްގީގެ ދާއިރާއިން އެކުގައި މަސައްކަތް ކުރުމަށް ދެ ގައުމުގެ ދެމެދުވާ ޕާޓްނާޝިޕް އިތުރަށް ވަރުގަދަކުރުމަށެވެ. ޖައިޝަންކަރު ވެސް ޕޯސްޓްކުރެއްވީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރެއްވި ކަމަށެވެ.

ރައިސިނާ ޑައިލޮގަކީ ބައިނަލްއަގްވާމީ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށްޓަކައި އެކި ގައުމުތައް ބައިވެރިކޮށްގެން އިންޑިއާއިން އިސްވެ އެ ގައުމުގައި ބާއްވާ ކޮންފަރެންސެކެވެ. 2016އިން ފެށިގެން އަހަރަކު އެއް ފަހަރު ކޮންފެރެންސް ބާއްވަނީ އިންޑިއާގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް