މިދިޔަ އަހަރު ކިޔާފައިވާ ހުތުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި

ރާއްޖޭގައި ކިޔާފައިވާ ހުތުބާތަކެއްގެ <a href="https://islamicaffairs.gov.mv/Library/31605">އިނގިރޭސި ތަރުޖަމާ</a> ނެރެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ފޮތެއްގެ ސިފައިގައި ނެރެފައިވާ މި ތަރުޖަމާގައި 2024 ވަނަ އަހަރު ކިޔާފައިވާ ހުތުބާތައް ހިމެނޭނެ ކަމަށެވެ.
އޭގެ ތެރޭގައި 35 ހުތުބާއެއްގެ އިނގިރޭސި ތަރުޖަމާ ހިމަނާފައިވެ އެވެ.
މިނިސްޓްރީން ބުނީ ހުތުބާއާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ނެރުމާއި ހުތުބާގެ އިނގިރޭސި ތަރުޖަމާ ފޭސްބުކް އަދި ޓީވީގެ ލައިވް ފީޑަށް އަރުވަން ފަށާފައިވެ އެވެ.



.jpeg?prefix=media)


ކޮމެންޓް