ޚަބަރު

މިމަހުގެ 10ވަނަ ދުވަހު ސްކޫލްތަކުގައި ދެވަނަ ޓާމުގެ ކިޔެވުން ފެށޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ އަހަރުގެ ދެވަނަ ޓާރމުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

Ads by STELCO

އެ މިނިސްޓްރީ އިން ބުނީ 2020-2021 ވަނަ އަހަރަގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް 10 ޖެނުއަރީ ވަނަ ދުވަހު ފެށޭނެ ކަމަށެވެ. އަދި އެޓާރމު ނިމޭނީ މިއަހަރުގެ ޖޫން މަހުގެ 24ވަނަ ދުވަހު ކަމަށް ވެސް އެމިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔެވުން ފަށާއިރު އެލްކޭޖީ އިން ފެށިގެން ގްރޭޑު 12 އާއި ހަމައަށް ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ކިޔަވައިދިނުމުގައި އަމަލު ކުރަނީ ނިއު ނޯމަލްގެ އުސޫލުތަކަށް ކަމަށް ވެސް އެމިނިސްޓްރީ އިން ބުންޏެވެ.

ނިއު ނޯމަލް ގައިޑްލައިންގައި ބުނާގޮތުން ސްކޫލުތަކުގައި ފޭސް ޓު ފޭސްކޮށް ކިޔަވައިދޭން ފަށާއިރު ތިން ކެޓަގަރީ އަކަށް ބަހާލައިފައި ވެއެވެ. ސްކޫލުގައި ކިޔަވާ ކުދިންގެ ނިސްބަތުން މިގޮތަށް ބަހާލާފައި ވާއިރު ސިންގަލް ސެޝަނަށް، ހަފްތާއަކު ފަސް ދުވަހު ކުދިން ސްކޫލަށް ދާން ޖެހޭ ސްކޫލުތަކާއި، ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަަނަށް ކިޔަވައިދޭ ސްކޫލުތަކާއި، ކުދިންގެ ނިސްބަތުން ކޮންމެ ދުވަހަކު ސްކޫލަށް ގޮސް ކިޔަވައިދޭނެ ޖާގަ ނެތްނަމަ ދެދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގޮސްގެން ކިޔަވައިދޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ސްކޫލުތައް ހުރެއެވެ. މިފަދަ ސްކޫލުތަކުގައި ކުދިން ސްކޫލަށް ގެންގޮސްގެން އަދި އޮންލައިންކޮށް ވެސް ކިޔަވައިދޭން ޖެހެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!