Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަންނަ މަހުން ފެށިގެން އައިނު ހައްދަން ދޭ އަދަދު 2000 އަށް ބޮޑުކުރަނީ

އަންނަ މަހުން ފެށިގެން އައިނު ހައްދަން ދޭ އަދަދު 2000 އަށް ބޮޑުކުރަނީ

އާސަންދައިގެ ދަށުން އައިނު ހައްދަން ދޭ އަދަދު އަންނަ މަހުން ފެށިގެން 2000 ރުފިޔާ އަށް ބޮޑުކުރަން ނިންމައިފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހަ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު އައިނު ހެއްދުމަށް އާސަންދައިގެ ތެރެއިން ލިބެނީ އެންމެ 1000 ރުފިޔާ ކަމަށެވެ.

އެހެންވެ އެ އަދަދު އިތުރުކޮށްދެއްވާނެކަން ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމަނިކުފާނު ވައުދުވެވަޑައިގަތްކަން ރައިީސް މިރޭ ފާހަގަކުރެއްވި އެވެ.

Advertisement
Allied — Dhen Online (box)

ްރައީސް ވިދާޅުވީ އެ ވައުދު ފުއްދުމަށްޓަކައި ހަދަން ޖެހޭ ހުރިހާ ހިސާބެއް މިހާދު ހަދާ ނިންމާ ކަމާ ބެހޭ ފަރާތްތަކަށް ސިޓީވެސް މިހާރު ފޮނުވާފައިވާ ކަމަށެވެ.

"ޖޫން އެކަކުން ފެށިގެން އައިނު ހެއްދުމަށްޓަކައި ދޭ 1000 ރުފިޔާ 2000 ރުފިޔާއަށް ބޮޑުކުރެވިގެން ދާނެ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ދިވެހީންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރަން ކަމަށެވެ. އަދި ސިއްހީ ދާއިރާއިން އިތުރު ކަންކަން ވެސް ފަހިކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދުންފަތުގެ ވިޔަފާރި ކުރާ މީހުން އެ ވިޔަފާރީގެ ބަދަލުގައި އެހެން ވިޔަފާރިއަކާ ދިމާލަށް ދިއުމަށް އެމަނިކުފާނު ކުރިން ވެސް ގޮވާލެއްވި ގޮވާލެއްވުންް. މިރޭވެސް ރައީސް ތަކުރާރުކުރެއްވި އެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް