ފުލުހުން ތަހުގީގުކުރާ މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދި އިއުލާނު ކޮށްފިއެވެ.
ފުލުހުން ބުނެފައި ވަނީ ސެންޓަރަލް ޕޮލިސް ޑިވިޜަންގެ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް އަށް ނިސްބަތްވާ، އުމުރުން 20 އަހަރުގެ މުޙައްމަދު އަމީނުލް އިސްލާމް ނަމަކަށް ކިޔާ މީހެކެވެ.
މުޙައްމަދު އަމީނުލް އިސްލާމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791814 އަށް ގުޅުއްވައި ޙިއްސާ ކުރެއްވުމަށް ވެސް ފުލުހުން އެދިފައިވެއެވެ.