ތަމްރީން ފުރިހަމަ ނުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ޚަރަދު ކުރެވުނު ފައިސާ އަނބުރާ ހޯދަނީ
ސިވިލް ސާރވިސް މުވައްޒަފުންގެ ތެރެއިން ވަޒީފާގެ ވާޖިބުތައް އަދާ ކުރުމަށް ޓަކައި ފުރިހަމަކުރަން ޖެހޭ ތަމްރީނަކުން ނުވަތަ ކޯހަކުން މުވައްޒަފަކު ފާސް ނުވެއްޖެނަމަ ނުވަތަ އެ ތަމްރީނެއް ނުވަތަ ކޯހެއް ފުރިހަމަ ނުކޮށްފިނަމަ، ޤާނޫނާއި ގަވައިދާ އެއްގޮތަށް އެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް ތަމްރީން ކުރުމަށް ޚަރަދު ކުރެވުނު ފައިސާ އަނބުރާ ހޯދަން އެ ކޮމިޝަނުން ނިންމައިފިއެވެ.
ސިވިލް ސާރވިސް ކޮމިޝަނުން މިކަން އަންގާފައިވަނީ މިއަދު އެ އިދާރާއިން އާންމު ކުރި ސާރކިއުލާއެއްގައެވެ. އެ ސާރކިއުލާގައި އިތުރަށް ބުނެފައި ވަނީ ވަޒީފާގެ ވާޖިބުތަކާ ގުޅުމެއް ނެތް ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނުވަތަ ކޯސް ފުރިހަމަ ނުކުރާ މުވައްޒަފުން ކުރިން އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަ ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން މަތީ މަގާމެއް ރިޒާވްކޮށްގެން ތަމްރީނުތަކަށް ދޫކުރާ މުވައްޒަފުން ތަމްރީނު ނުވަތަ ކޯސް ފުރިހަމަ ނުކުރާ ނަމަ، ނުވަތަ ފާސްނުވާ ނަމަ، އެ މުވައްޒަފު ވީއްލިއިރު ހުރި މަގާމަށް ވަޒީފާ ހަމަޖެއްސުމަށާއި، އަދި އެ މަގާމަށް މީހަކު އައްޔަން ކޮށްފައިވާނަމަ، އެ މަގާމާ އެއް ރޭންކެއްގެ މަގާމަކަށް ވަޒީފާ ހަމަޖެއްސުން ވެސް ހިމެނެއެވެ.
ހަމަ އެހެންމެ އެ މުވައްޒަފުންނަށް އިދާރާތަކުން ކޮށްފައިވާ ފައިސާގެ ޚަރަދު އަނބުރާ އިދާރާތަކަށް ހޯދުމާ ގުޅޭގޮތުން އަމަލު ކުރާނެ ގޮތް ވެސް ސީއެސްސީއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 237 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މުސާރަ ނުވަތަ މުސާރައާއި ސާވިސް އެލަވަންސް ލިބޭގޮތަށް ތަމްރީނަކަށް ނުވަތަ ކޯހަކަށް ފޮނުވާފައިވާ މުވައްޒަފެއް ނަމަ، އެ ތަމްރީނަކަށް ނުވަތަ ކޯހަކަށް ހަރަދު ކުރެވުނު ފައިސާގެ ބަދަލުގައި، ފައިސާ ހަރަދުކުރި މުއްދަތަށް ރިއާޔަތްކޮށް، ދިވެހި ސިވިލް ސާވިސްއަށް ހިދުމަތްކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، އެ މުއްދަތަށް ހިދުމަތްކުރާ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
ފައިސާގެ އިތުރުން އިތުރުން، ތަމްރީނަކާ ނުވަތަ ކޯހަކާ ގުޅިގެން ކޮށްފައިވާ އިތުރު ހަރަދުތަކަށްވާ ފައިސާ އެ މުވައްޒަފެއްގެ ފަރާތުން އަނބުރާ ހޯދުމަށާއި، އެ ގޮތުން އެ ފައިސާ އެއްފަހަރާ ދައްކާ ގޮތަށް ނުވަތަ މަހުން މަހަށް މުސާރައިން އުނިކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، ފައިސާ ހޯދުމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަހަރެމެންް ހައިރާނެއްް ނުވޭެ…. މީި ކިހާތާހިރުު ސަރުކާރެއްކަންް ނުވެސް އޮޅޭޭ.. ކުރާނެެ ނުކުރާނެެ ކަމެއްް ނޭނގިގެންް ތެޅިބާލަނީީ…
ކޮންމެވެސް އެއްޗެއްކިޔާގެންވެސްުމުސާރަދޭފައިސާނެތިއްޔާމުއަޒަފުން ވަކިކުރާނެ
ތިޔަބުނާ ތަމްރީންނެތް މުއައްޒަފުން މި ޤައުމު މިހާ ހިސާބަށް ގެނެސްދިނީ، ބޭކާރުކަންތައް ކުރާ ބަޔެއްމިއީ.