Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ކުރެޑިޓް ކާޑުގެ އޮޅުވާލުންތައް މިފަހަރު ދިމާވީ ނާޒިމަށް

ކުރެޑިޓް ކާޑުގެ އޮޅުވާލުންތައް މިފަހަރު ދިމާވީ ނާޒިމަށް

ތިމާއަށް ނޭނގި ތިމާގެ ކްރެޑިޓް ކާޑުން ވިޔަފާރި މުޢާމަލާތް ކުރުންފަދަ ކަންކަމީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ހިނގާ ކަމެކެވެ.

އިންޑިއާގައި މިކަން އެންމެ ފަހުން ދިމާވި އެކަކީ ޓީވީ ތަރި މުޙައްމަދު ނާޒިމެވެ.

އިންޑިއާގެ މީޑިއާތަކަށް މަޢުލޫމާތު ދެމުން ނާޒިމް ބުނީ މިދިޔަ އާދީއްތަ ދުވަހު އޭނާގެ ކްރެޑިޓް ކާޑު މެދުވެރިކޮށް އިންޓަނެޓް ވިޔަފާރި ސައިޓަކުން އެއްޗިހި ގަތްކަމަށް އޭނާގެ ފޯނަށް މެސެޖު އައި ކަމަށާއި ވަގުތުން ބޭންކަށް ގުޅާ ކާޑު ބްލޮކް ކޮށްލާފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ކާޑުގެ މަޢުލޫމާތު އެއްވެސް މީހަކާއި ހިއްސާ ކޮށްފައި ނުވާނެ ކަމަށް ބުނަމުން ނާޒިމް ބުނީ އާންމު ތަންތަނުގައި ކާޑު ބޭނުން ކުރާއިރު އިތުރަށް ސަމާލުވާން ޖެހިފައިވާ ކަމަށެވެ.

ނާޒިމަށް ނޭނގި އޭނާގެ ކްރެޑިޓް ކާޑުން ތިން މުޢާމަލާތެއް ހިންގާފައިވެއެވެ. އެ މުޢާމަލާތްތަކަކީ ބޮޑެތި ފައިސާގެ ޢަދަދުތަކެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.

ޓީވީތަރި ނާޒިމް ، ސާތު ނިބާނާ ސާތިޔާއިން އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި

ކޮމިޑީ ޝޯވ ތަކާއި ގިނަ ޓީވީ ސިލްސިލާތަކެއްގައި އެކި ރޯލްތައް އަދާކޮށްފައިވާ ނާޒިމް އާންމުންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީ ''ސާތު ނިބާނާ ސާތިޔާ''ގައި އޭނާ އަދާކޮށްފައިވާ ރޯލުންނެވެ. ހިންދީ ޓީވީ ސިލްސިލާތައް ބަލާ ދިވެހިންގެ މެދުގައި ވެސް މި ސިލްސިލާއަކީ މަޝްހޫރު ސިލްސިލާއެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް