ދުނިޔެ

އިންޑޮނޭޝިއާގެ ފްލައިޓެއް ފުރިތާ ގިނައިރުތަކެއް ނުވެ ގެއްލިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑޮނޭޝިއާގެ ފްލައިޓެއް ފުރިތާ ގިނައިރުތަކެއް ނުވެ ގެއްލިއްޖެއެވެ.

Ads by WAMCO

ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގެއްލިފައި ވަނީ އިންޑޮނީޝިއާގެ ސްރީވިޖާޔާ އެއާގެ ފްލައިޓް "އެސްޖޭވައި 182" އެވެ. މި ފްލައިޓް ވަނީ ޖަކާޓާ ގަޑިން މެންދުރު 01:25 ގައި ފުރައިފައެވެ. ފްލައިޓް ރާޑަރުން ގެއްލިފައިވާ ކަމަށް ފްލައިޓް ރާޑާ ވެބްސައިޓަށް ދައްކާފައި ވަނީ 14:20 ހާއިރު އެވެ.

މި ފްލައިޓްގައި 62 މީހުން ތިބި ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ. އެއީ 56 ޕަސެންޖަރުންނާއި 6 ކުރޫއިންނެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. އިންޑޮނޭޝިއާގެ މޫސުން ވެސް ރަނގަޅު ކަމަށް މީޑިއާ ތަކުން ބުނެއެވެ. މިކަމާ ގުޅިގެން ފްލައިޓް ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑު މަގުން ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި 11 ނޭވީ ބޯޓު ކަނޑުމަގުން ފްލައިޓް ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވެއެވެ.

ޖަކާޓާ އިން ޕޮންޓިއަނަކް އަށް ދަތުރު ކުރަމުންދިޔަ އެ ފްލައިޓު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު މިހާތަނަށް ފްލައިޓު ވެއްޓިފައިވާ ކަމަށް ބުނެވެން ނެތް ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

މި ފްލައިޓް އެންމެ ފުރަތަމަ ދަތުރު ކޮށްފައި ވަނީ 1994 ވަނަ އަހަރުގެ މެއި މަހުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!