ދީން

ވިހެއުމުގެ ވޭނުގައި ނިޔާވާ އަންހެނާ ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވައްދަވާނެ: މުފްތީ މެންކް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު، އޭނާގެ ދަރުހެއްގައި ވިދާޅުވެފައި ވެއެވެ.

Ads by Sosun Fihaara

"އިސްލާމްދީނުގައި މާބަނޑު އަންހެނެއްގެ މަތިވެރިކަން އެނގޭ ހެއްޔެވެ؟ މާބަނޑު އަންހެނެއް އެދުވަސްވަރު ނުވަތަ ވިހެއުމުގެ ވޭން އުފުލަމުންދާ ވަގުތު، މިދުނިޔެއިން ވަކިވެގެން ގޮސްފިނަމަ، އެއްވެސް ހިސާބު ބެއްލެވުމެއް ނެތި އެއަންހެންމީހާ ސުވަރުގެ ވައްދަވާނެއެވެ."

މުފްތީ މެންކު މިފަދައިން ވިދާޅުވެފައި ވަނީ، ދަރިއަކު ލިބުމަށްފަހު ދެމަފިރިންނަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކަވަމުންނެވެ. ވިހެއުމަށްފަހު ތިމާގެ އަނބިމީހާގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އަނބިމީހާ މަތިން ފޫހިވެ އެހެން އަންހެނުންނާ ދިމާލަށް ބެލޭ ފިރިހެނުންގެ ވާހަކަ މުފްތީ ދައްކަވާފައި ވެއެވެ.

"ދަރިއަކު ލިބެން އުޅޭ ދުވަސްކޮޅު ދެމަފިރިންގެ މެދުގައި ވެސް ވަރަށް އުފާވެރިކަމާއި ލޯބި އާލާވާ މަންޒަރު ފެނެއެވެ. ނަމަވެސް ދަރިއަކު ލިބުމަށްފަހު އަނބިމީހާގެ ހަށިގަނޑަށް އަންނަ އެކި ބަދަލުތަކުގެ ސަބަބުން އަނބިމީހާ ދެކެ ފޫހިވެ، އެހެން އަންހެނުންގެ ރީތިކަމަށް ބަލާ، އެހެން އަންހެނުންނަށް ތައުރީފުކުރާ ފިރިހެނުން އުޅޭ ކަމީ ހިތާމަހުރި ކަމެކެވެ.

ބައެއް ފިރިހެނުން އެމީހުންގެ އަނބިންގެ ކުރިމަތީގައި ވެސް މިފަދައިން އެހެން އަންހެނުންނަށް ތަޢުރީފު ކުރެއެވެ. މިފަދައިން ކަންތައް ކުރާއިރު ތިމާގެ އަނބިމީހާ ވާނެ ދެރަ ހަމަ ނުވިސްނެނީ ހެއްޔެވެ؟ އަނބިމީހާގެ ހަށިގަނޑަށް އެއައި ބަދަލުގެ ޒިންމާ ހަމަ ތިބާވެސް އުފުލަން ޖެހޭ ނޫން ހެއްޔެވެ؟ އެއީ އެކަނބުލޭގެ ބަލިވެ ބޭންދީ ވެސް ހަމަ ތިބާ ނޫން ހެއްޔެވެ؟" މުފްތީ މެންކު ވިދާޅުވެފައި ވެއެވެ.

މާބަނޑު އަންހެނާ ނުވަތަ ވިހެއުމުގެ ވޭން އަޅަމުންދާ އަންހެނެއްގެ ދަރަޖަ މަތިވެރި ވެފައިވާ މިންވަރާ މެދު ސުވާލުކުރައްވަމުން މުފްތީ މެންކު ވިދާޅުވެފައި ވަނީ މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ވޭން އުފުލަމުންދާ ވަގުތު، އެއަންހެން މީހާ މިދުނިޔެއިން ވަކިވެގެން ގޮސްފިނަމަ، އެއަންހެނާއަކީ އެއްވެސް ހިސާބު ބެއްލެވުމަކާ ނުލާ ސުވަރުގެ ވަންތަ ވެރިއެއް ކަމަށާއި އޭނާގެ ހުރިހާ ފާފައެއް ފުހެވިގެންދާނެ ކަމަށެވެ.

"މާބަނޑު އަންހެނެއްގެ ދަރަޖަ މާތް ﷲ މިފަދައިން މަތިވެރި ކުރައްވާފައިވާއިރު، އެއަނބިންގެ ދަރަޖަ އަހަރެމެން އިންސާނުން އެހާ ދަށް ކޮށްލާ، އެފަދައިން ފާޑު ކިޔަންވީ ކީއްވެ ހެއްޔެވެ؟" މުފްތީ މެންކު ސުވާލުކޮށްފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!