ޚަބަރު

މިދިޔަ އަހަރު މީރާއިން އާމްދަނީގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ބަލައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: މީރާ

ނިމިދިޔަ 2020 ވަނަ އަހަރު މޯލްޑިވްސް އިންލޭންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން 10.5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ކަމަށް މީރާ އިން މައުލޫމާތު ދީފިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 37.7 ދަށް އަދަދެއް ކަމަށް ވެސް މީރާ އިން މައުލޫމާތު ދީފައިވެއެވެ.

Ads by MWSC

މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޖުމްލަ އާމްދަނީ ގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އަށެވެ. އެއީ 4.31 ބިލިއަން ރުފިޔާއެވެ.

ދެވަަނައަށް އެންމެ ބޮޑު ބައެއް ހިއްސާ ކޮށްފައިވަނީ އިންކަމް ޓެކްސް އެވެ. އެއީ 18.0% ނުވަތަ 1.89 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބިފައިވަނީ ބީޕީޓީ އިން( 1.77 ބިލިއަން ރުފިޔާ ނުވަތަ 16.9% ) އާއި ޓޫރިޒަމް ލޭންޑް (702.78 މިލިއަން ރުފިޔާ ނުވަތަ 6.7%) އެވެ. އަދި ގްރީން ޓެކްސް އިންވެސް ބޮޑު އާމްދަނީއެއް ލިބިފައިވެއެވެ. އެއީ 351.95 މިލިއަން ރުފިޔާ ނުވަތަ 3.4% އެވެ.

މިދިޔަ އަހަރު މީރާ އިން ބަލައިގަތް އާމްދަނީ ގެ ތެރޭގައި 296.84 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!