Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

އެފްރިކާގެ އަލް-ޤައިދާ ޖަމާޢަތުގެ ޗީފް އަބްދުލްމަލިކު، މަރާލައިފި!

އެފްރިކާގެ އަލް-ޤައިދާ ޖަމާޢަތުގެ ޗީފް އަބްދުލްމަލިކު، މަރާލައިފި!

ޓެރަރިސްޓު ޖަމާޢަތެއް ކަމުގައިވާ އެފްރިކަން އަލް-ޤައިދާގެ ޗީފް އަބްދުލްމަލިކް ރޫކްދޭލް މަރާލައިފިއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އަބްދުލްމަލިކު މަރާލާފައިވަނީ ފްރާންސްގެ މިލިޓަރީ އޮފިސަރުންތަކެއް ހިންގި އޮޕަރޭޝަނެއްގައި، މާލީ ގައެވެ. މިކަން އިއުލާނު ކުރމަުން ފްރާންސްގެ ޑިފެންސް މިނިސްޓަރ ފްލޯރެންސް ޕާލީ ބުނެފައިވަނީ ފިލައިގެން އުޅެނިކޮށް އަބްދުލްމަލިކު ހޯދާފައިވަނީ ހަތް އަހަރު ދުވަހުގެ މަސައްކަތަށްފަހު ކަމަށެވެ.

ފްލޯރެންސް ބުނިގޮތުގައި އަބްދުލްމަލިކާއިއެކު އޭނާގެ އެންމެ ގާތް ބައިވެރިން ވެސް ވަނީ މިއޮޕަރޭޝަންގައި މަރާލާފައެވެ. އެމީހުން ވެސް ފެނިފައިވަނީ އުތުރު އެފްރިކާގައި އޮންނަ މާލީއިން މިދިޔަ ބުދަ ދުވަހުގައި ކަމަށް ފްލޯރެންސް ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

މިއޮޕަރޭޝަންގައި ގާތްގަނޑަކަށް ހާހެއްހާ މިލިޓަރީ އޮފިސަރުން ހަރަކާތްތެރިވި ކަމަށާއި، އެޖަމާޢަތުގެ މީހުން ހޯދުމަށް ވައިގެ މަގުންނާއި ބިމުގައި ވެސް އޮފިސަރުން ހަރަކާތްތެރިވި ކަމަށް މައުލޫމާތު ލިބެއެވެ.

އެފްރިކާގެ އަލް-ޤައިދާ ޖަމާޢަތުގެ ޗީފް މަރާލާފައިވާއިރު، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާޢަތުގެ އިސް މީހަކުވެސް މިދިޔަ މެއި މަހު ފްރާންސްގެ އެއޮފިސަރުން ވަނީ ހައްޔަރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް