ދުނިޔެ

މުޅި އެމެރިކާގައި ޖޯޖް ފްލޮއިޑްގެ އެންމެ ފަހު ބަސްތައް ވިހުރެނީ!

ދެން އެމްވީ ، ދެން އޮންލައިން

ރަހުމް ކުޑަ ގޮތަކަށް މަރާލި އެމެރިކަން-އެފްރިކަން މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ އެންމެ ފަހު ބަސްތައް މުޅި އެމެރިކާގައި ވިހުރެމުން އެބަ ދެއެވެ.

Ads by WAMCO

މިނިއާޕޮލިސް އޮފިސަރެއް އެއްވެސް ރަހުމެއްނެތި ޖޯޖް ފްލޮއިޑްގެ ކަރަށް ފައިން އަރައިގެން، ގާތްގަނޑަކަށް އަށް މިނެޓަށްވުރެ ގިނައިރު ހުރުމުން، އޭނާވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. މަރުވުމުގެ ކުރިން ޖޯޖް ފްލޮއިޑްވަނީ އޭނާ ދުކޮށްލުމަށް އެދި އާދޭސް ކޮށްފައެވެ. އަދި އޭނާއަށް ނޭވާވެސް ނުލެވޭކަމަށް ބުނެފައެވެ.

"ޕްލީސް، އައި ކާންޓް ބްރީދް" (ހެޔޮނުވާނެ، އަހަންނަކަށް ނޭވާއެއް ނުލެވޭ) މިއީ އޭނާ ބުނެފައިވާ އެންމެ ފަހު ބަސްތަކެވެ. އަދި އޭނާގެ ޙައްޤުގައި މިހާރު އެމެރިކާގައި މުޒާހަރާ ކުރާ މީހުން ބޭނުން ކުރަމުން އަންނަ ސްލޯގަން އަކީ ވެސް މިއީއެވެ. އެމީހުން ބޭނުންވަނީ ޖޯޖް ފްލޮއިޑްގެ އާދޭހުގެ އަޑު އަބަދުމެ އެންމެން ހަނދާން ކުރާށެވެ.

އެގޮތުން ޑެލާސްގެ އާޓިސްޓެއް ކަމަށްވާ ޖެމީ ހޯމްސް ވަނީ ޖޯޖްގެ އެންމެ ފަހު ބަސްތައް ޖެޓު މެދުވެރިކޮށް އުޑަށް ބަލާލުމުން ވެސް ފެންނަ ގޮތަށް ހަދާފައެވެ. މުޅި އެމެރިކާގެ އެކި ކަންކޮޅުތަކުގައި މިފަދައިން މިހާރު ދަނީ ލިޔެވެމުންނެވެ.


މީގެއިތުރުން ޖޯޖް ފްލޮއިޑް ބުނެފައިވާ އެހެން ބަސްތައް ވެސް ދަނީ ލިޔެވެމުންނެވެ. އެގޮތުން މިހަފްތާ ބަންދުގައި ނިއު ޔޯކް އާއި ޑެޓްރޮއިޓް ސިޓީ މަތީގައި އެޖެޓުތައް އުދުއްސާފައިވާއިރު، އޭގެން ލިޔެވެމުންދިޔައީ "އެމީހުން އަހަރެން މަރާލަނީ" އާއި "އަހަރެންގެ ބަނޑަށް އެބަ ތަދުވޭ"، "އަހަރެންގެ ކަރަށް އެބަ ތަދުވޭ"، އަދި "މުޅި ހަށިގަނޑަށް އެބަ ތަދުވޭ" މިފަދައިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!