Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ރާ ހިމެނޭ ކަމަށް ބުނެ ސެނިޓައިޒާ ބޭނުން ނުކުރަން އިންޑިއާ ފާދިރީން އިރުޝާދު ދެނީ

ރާ ހިމެނޭ ކަމަށް ބުނެ ސެނިޓައިޒާ ބޭނުން ނުކުރަން އިންޑިއާ ފާދިރީން އިރުޝާދު ދެނީ

ސެނިޓައިޒާ ގައި ރާ އެކުލެވޭ ކަމަށް ބުނެ ސެނިޓައިޒާ ބޭނުން ކުރުމާއި ދެކޮޅަށް އިންޑިއާގެ ހިންދޫ ފާދިރީން ތެދުވެއްޖެއެވެ.

ފާދިރީން އަންނަނީ ހިންދޫން ސެނިޓައިޒާ ބޭނުން ނުކުރުމަށް އިރުޝާދު ދެމުންނެވެ. އަދި ގޭގެއަށާއި އެމީހުން އަޅުކަން ކުރާ ތަންތަނަށް ސެނިޓައިޒާ ނުވެއްދުމަށް ވެސް ދަނީ އެދެމުންނެވެ.

އިންޑިއާ ގެ ލޮކްޑައުން އަށް ލުއި ތަކެއް ދީ ގިނަ ތަންތަން ހުޅުވާލަމުން އަންނައިރު އިޖުތިމާއީ ގައިދުރު ކަން ދަމަހައްޓުމާއި މާސްކު އެޅުމާއި، އަތް ދޮވުމުގެ އިތުރުން އަލްކޮހޮލް ނުވަތަ ރާ ހިނެނޭ ސެނިޓައިޒާ ގެންގުޅުން ފަދަ ކަން ކަން ވަނީ ބޭރުގައި އުޅޭ މީހުނަށް މަޖުބޫރު ކޮށްފައެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑް19 އިން ރައްކާތެރިވެ ތިބުމަށްޓަކައި ޑޮކްޓަރުން އަންނަނީ ގިނަ ގިނައިން އަތް ދޮވެ އަދި އަލްކޮހޮލް ބޭސްޑް ސެނިޓައިޒާ ބޭނުން ކުރުމަށް އިރުޝާދު ދެމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް