އެމްޑީޕީ މޭޔަރ ކެންޑިޑޭޓާއި ކައުންސިލު ކެންޑިޑޭޓުންނާއެކު އައްޑޫސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން : ރައީސް ނަޝީދު

ސަރުކާރު ހިންގަމުންދާ އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓާއި ކައުންސިލު ކެންޑިޑޭޓުންނާއެކު، އައްޑޫ ސިޓީ ވެގެން ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން ކަމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިސް ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ޕޮލިސް އެކެޑަމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ނުވިސްނާ ކަމަށާއި މިހާރު އެތަނަކީ މަތީ ތަޢުލީމު އިންސްޓިޓިއުޓެއް ކަމަށެވެ.
"ޕީޕީއެމްގެ ޒަޢާމަތެއްގައި އައްޑޫ ސިޓީގައި މަތީ ތަޢުލީމަށް ފުރުސަތު ނެތީބާ؟ އެމްޑީޕީ މޭޔަރ ކެންޑިޑޭޓާއި ކައުންސިލު ކެންޑިޑޭޓުންނާއެކު އައްޑޫސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ އެ ޓްވީޓަށް ރައްދު ދެއްވި ބައެއް އާއްމު ފަރާތްތަކުން ވަނީ އެމަނިކުފާނުގެ ވާހަކަތަކަށް ފާޑުކިޔާ، އެމްޑީޕީއަށް ދެން އައްޑޫސިޓީގެ "ބޮލެއް ނުކެވޭނެ" ކަމަށް ބުނެފައެވެ. އަދި ކޮންމެ އިންތިހާބަކާ ދިމާކޮށް މިފަދަ ވާހަކަތައް އެކި ބޭފުޅުން ދައްކަވާނެ ކަމަށާއި ނަމަވެސް އެއްވެސް ކަމެއް ކޮށް ނުދެއްވާ ކަމަށް ވެސް ބުނެ ބައެއް ރައްޔިތުން ނުރުހުން ފާޅުކޮށްފައިވެއެވެ.
މިފަހަރު ތިކަހަލަ އެއްވެސް ވައުދެއްގެ އަޑުއަހާކައް އައްޑޫ ރައްޔިތުންނެއް ނެތް111.
ހުސްނީ ކަލޯއަށް ހީވާގޮތް އައްޑޫމީހުން ނަޝީދު ބުނެފިއްޔާ ކަނޑުއެރޭނެ މިފަހަރު އެމްޑީޕީއަށް ހުރިހާ ގޮޑިއެއް އައްޑޫ ރައްޔިތުންދޭނެ