އަލިފުށި ހޯމް ކަރަންޓީނުގައި ތިބި ދެ ކުދިން ކޮވިޑް-19 އަށް ފައްސިވެ، ޖުމުލަ އަދަދު ތިނަކަށް

ރ.އަލިފުށީން ހޯމް ކަރަންޓީނުގައި ތިބި އިތުރު ދެމީހަކު ފައްސި ވެއްޖެއެވެ.
"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފުށީން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އިއްޔެ ހޯމްކަރަންޓީނުގައި ހުއްޓާ ފައްސިވި އަންހެންމީހާގެ ދެ ދަރިން ކަމަށެވެ. އެގޮތުން 7 އަހަރުގެ ކުއްޖަކާއި، 9 އަހަރުގެ ކުއްޖެއް މި ބައްޔަށް ވަނީ ފައްސި ވެފައެވެ. މީގެ އިތުރުން އޭނާގެ 4 އަހަރުގެ ދަރިފުޅުގެ ސުންކު ނެގިފައިވާ ކަމަށާއި، ނަމަވެސް އަދި ނަތީޖާ ލިބިފައި ނުވާ ކަމަށް ވެސް "ދެން" އަށް މައުލޫމާތު ލިބިފައި ވެއެވެ.
ރ އަލިފުށިން ކޮވިޑް-19 އަށް މިއަދު ފައްސިވެފައިވާ ދެ ކުޑަކުދިންގެ ހާލު ރަނގަޅު ކަމަށާއި، އެކުދިންނަށް ދޭންޖެހޭ ފަރުވާ ދެމުން ދާކަމަށް ވެސް މައުލޫމާތު ލިބެއެވެ.