ފެލިދޫ އާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

ވ.ފެލިދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އައު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ފެލިދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށްޓަަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، މިއަދު އެ ރަށަށް ވަޑައިގެން، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރުންނާއި، ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި، ފެލިދޫ ކައުންސިލުގެ މެންބަރުންނާއި، ސަރުކާރުުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައުދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 105.36 މިލިއަން ރުފިޔާއަށެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:
- 7417 އަކަފޫޓުގެ އެކަމޮޑޭޝަން ބްލޮކެއް އިމާރާތްކުރުން.
- 2563 އަކަފޫޓުގެ ސަރވިސް ސެންޓަރެއް އިމާރާތްކުރުން.
- 76،175 އަކަފޫޓުގެ ހެލްތު ސެންޓަރ ބްލޮކެއް ގާއިމުކުރުން.
- މޭޝަނަރީ މަސައްކަތްތަކާއި، ތަށިމުށި ޖެހުމާއި، ދޮރާއި، ކުޑަދޮރުތައް ހަރުކުރުން.






ކޮމެންޓް