ދުނިޔެ

ހޮސްޕިޓަލު ބިލް ނުދެއްކުނު އުމުރުން ދުވަސްވީ މީހަކު އެނދާލާ ބަނދެފި!

ދެން އެމްވީ ، ދެން އޮންލައިން

ބޯޕާލް: މަދްޔަ ޕްރަދޭޝްގެ ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފައި އޮތް އުމުރުން ދުވަސްވީ ފިރިހެނަކަށް އެހޮސްޕިޓަލުގެ ބިލް ދެއްކޭ ގޮތް ނުވުމުން، އޭނާ ބާއްވާފައި އޮތް އެނދާލާ ބަނދެފައިވާ ކަމުގެ މައްސަލައެއެް އިންޑިއާގައި ފެންމަތިވެއްޖެއެވެ.

Ads by Sosun Fihaara

އެހޮސްޕިޓަލުގެ މުވައްޒިފުންތަކަކާއި ދެކޮޅަށް މިމައްސަލަ ފެންމަތިވުމުން އެމީހުންވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އަދި އެމީހުން ބުނީ އުމުރުން ދުވަސްވީ މީހާގެ ސިކުނޑިއަށް ގޮތެއްވެފައި ހުރުމުގެ ސަބަބުން އިރުއިރުކޮޅުން އޭނާ އަމިއްލަ ނަފްސަށާއި ކައިރީގައި ތިބޭ މީހުންނަށް ވެސް ހަމަލާދޭ ކަމަށެވެ. ހޮސްޕިޓަލުގެ އެނދާލާފަ އެމީހާ ބަންނަން ޖެހުނީ އެސަބަބާއި ހެދި ކަމަށް ވެސް ހޮސްޕިޓަލުގެ ސްޓާފުން ބުނެފައިވެއެވެ.

ނަމަވެސް އުމުރުން ދުވަސްވީ މީހާގެ އާއިލާއިން ވަނީ ހޮސްޕިޓަލުގެ އެބަޔާން ދޮގުކޮށްފައެވެ. އެމީހުން ބުނީ އުމުރުން ދުވަސްވީ މީހާގެ ހަތަރެސްފައި ހޮސްޕިޓަލުގެ އެނދާލާފަ ބަނދެފައިވަނީ، ބިލަށް ދޭން ޖެހޭ 11،000 ރުޕީސް އެމީހާއަށް ނުދެވުމުން ކަމަށް ހޮސްޕިޓަލުގެ އިދާރާއިން އާއިލާއަށް އެންގި ކަމަށެވެ.

"ބައްޕަ އެނދުމަތި ކުރަން ޖެހިގެން އެއިރު 5000 ރުޕީސް އަހަރުމެން ދެއްކިން. އެކަމަކު ގިނަ ދުވަސްވުމުގެ ސަބަބުން ބިލަށް އެރިވަރު އިތުރުވީ އަދި އަހަރުމެން އަތުގައި އެވަރަށް ފައިސާ ނެތުމުގެ ސަބަބުން ބިލް ނުދެއްކުނީ" އުމުރުން ދުވަސްވީ މީހާގެ އަންހެން ދަރިފުޅު ބުނެފައިވެއެވެ.

ނަމަވެސް ހޮސްޕިޓަލުން ބުނަމުން އަންނަނީ އެމީހާ ބަނދެފައިވަނީ، އަމިއްލަ ނަފްސަށް ވެސް އަނިޔާދޭތީ އޭނާ ކޮންޓްރޯލް ކުރުމަށް ކަމަށާއި ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާވެސް ވާނީ ކުރިން އިންސާނިއްޔަތަށްޓަކައި މާފު ކޮށްދީފައި ކަމަށެވެ.

މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޝިވްރާޖް ސިންގް ވަނީ މިކަން އޭނާގެ ސަމާލުކަމަށް ގެނެސް، ތަހުގީގެއްކޮށް އެހޮސްޕިޓަލާއިމެދު ހަރުކަށިފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!