Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މީހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި

މީހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި

ކަފިހި ހުރަސްމަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ ކާރު ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 ހާއިރުކަމަށެވެ. އެގޮތުން މި ހާދިސާގައި ހުޅުމާލޭ ފޭސް 2 ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހުމުން ކާރުގެ ޑްރައިވަރު މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ބިންދައިގެން ގޮސްފައިވާކަމަށާއި، އަދި އެ މީހާއަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ.

Advertisement
Allied — Dhen Online (box)

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދަޑިމަގު ނައިސް އުމުރުން 57 އަހަރުގެ ޚާލިދު ޢަބްދުﷲ ޢަލީއެވެ. ފުލުހުން ވިދާޅުވީ އނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެދަށުންކަމަށާއި އަދި މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް