"ވިރުޝްކާ" ބޭބީ ގެ ފުރަތަމަ ފޮޓޯ އާންމުކޮށްފި، ކިޔަނީ އަންވީ؟

މީސް މީޑިއާގައި އެންމެ ގަދައަށް މިހާރު ދެކެވެމުންދާ ވާހަކައަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަނުޝްކާ ޝަރްމާ އަދި ފިިރިމީހާ ވިރާޓް ކޯލީއަށް އަންހެން ދަރިއަކު ލިބުނު ވާހަކައެވެ.
މި ދެމީހުނަށް އިއްޔެ އަންހެން ކުއްޖަކު ލިބިފައިވާއިރު ގިނަ ބަޔަކު ތިބީ ކުޑަ ކުޑަ އަނުޝްކާގެ ފޮޓޯއެއް ބަލާލުމަށް ކެތްމަދުވެފައެވެ.
ވިރާޓު ވެސް އަދި އަނުޝްކާ ވެސް މިހާތަނަށް ކުއްޖާގެ ފޮޓޯއެއް ހިއްސާކޮށްފައި ނުވާއިރު، ވިރާތުގެ ބޭބެ ވަނީ ކުއްޖާގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. ފޮޓޯއިން ފެނިގެންދަނީ ކުއްޖާގެ ފައެވެ.

މިއީ ވިރާޓް އަދި އަނުޝްކާގެ ދަރިފުޅުގެ ފުރަތަމަ ފޮޓޯކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އަނުޝްކާގެ ދަރިފުޅަށް ކިޔަން ނިންމާފައިވާ ނަމަކީ "އަންވީ" އެވެ.
ވިރާތު އާއި އަނުޝްކާ ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރު، އިޓަލީގެ ޓަސްކެނީ ގައެވެ. އެދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭ ވާހަކަ އެމީހުން އިއުލާނު ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގައެވެ.
އަހަރެންނައްވެސް ދަރިޔަކު ލިބެން އެބައުޅޭ ހަބަރު ތަކުގަ ޖަހާލަ ދީބަލަ ކިޔާނީ ފިރިހެން މުހައްމަދު އަންހެން ހައްވަ މިދެނަން ކުރިން ދަސްތުކުރީ