Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

އިސްލާމްދީނާއި ދެކޮޅު މަންޒަރުތަކެއް ހިމެނި ޕަބްޖީން މާފަށް އެދިއްޖެ

އިސްލާމްދީނާއި ދެކޮޅު މަންޒަރުތަކެއް ހިމެނި ޕަބްޖީން މާފަށް އެދިއްޖެ

ކައިރޯ: ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގިނަ ބަޔަކު ކުޅެމުން އަންނަ ގޭމް "ޕްލޭޔާ އަންނޯންސް ބެޓްލް ގްރައުންޑްސް" (ޕަބްޖީ) ގައި ދާދި ފަހުން ވަނީ އިސްލާމްދީނާއި ޚިލާފު މަންޒަރުތަކެއް ހިމަނާފައެވެ.

އެގޭމުގެ އެންމެ ފަހުގެ ވާޝަންގައި، ބުދެއްގެ ކުރިމަތީ ސަޖިދަ ޖަހަން ޖެހޭ މަންޒަރެއް ދައްކުވައެވެ.

މުސްލިމުން ސަޖިދަ ޖަހަންވަަނީ އެއްކައުވަންތަ އިލާޙަށެވެ. ޕަބްޖީ އުފެއްދި މީހުންގެ މިޢަމަލުގެ ސަބަބުން ކުވޭތު ގައިތިބި އަރަބިންނާއި މިސްރުގެ އަރަބިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާ ނުރުހުންފާޅު ކޮށްފައެވެ.

Advertisement
Allied Insurance — Square (box)

މީގެއިތުރުން އަލް-އަޒްހަރް އިންޓަނޭޝަނަލް ސެންޓާ ފޮ އިލެކްޓްރޯނިކް ފަތުވާ އިން ވަނީ ޕަބްޖީ ގޭމާއި އިދިކޮޅަށް ބަޔާނެއްނެރި އިންޒާރެއް ވެސް ދީފައިވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ ޕަބްޖީ އަކީ އިސްލާމްދީނަށްޓަކައި މީހުންގެ ހިތްތަކުގައި ނަފްރަތު އުފައްދާ ގޭމެއް ކަމަށާއި އެގޭމުގެ ސަބަބުން ކުޑަ ކުދިންނާއި ޒުވާނުންނަށް ހަރުކަށިވާން ދަސްކޮށްދޭ ކަމަށެވެ.

މިކަމާއި ގުޅިގެން ޕަބްޖީ ގެ ޑިވެލޮޕަރުން މިހާރު ވަނީ އަރަބީންގެ ކިބައިން މާފަށް އެދިފައެވެ.

"އެފަދަ ބައެއް ގޭމުގައި ހިމެނުނީތީ މާފަށް އެދެން. އަހަރުމެން މަސައްކަތް ކުރީ ހަމައެކަނި މުނިފޫހިފިލުވުމުގެ ގޮތުން ގޭމު އިތުރަށް ޝައުޤުވެރި ކުރުވޭތޯ. ގޭމުގައި ހިމެނުނު އެބައި މިހާރުވާނީ ނަގާފަ" އެކުންފުނީގެ އޮފިޝަލް ވެބްސައިޓުން މިދިޔަ ބުދަ ދުވަހު ޓްވީޓް ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް