ބޮލީވުޑް

ކާރްތިކާއެކު ފޮޓޯއެއް ނަގަން ވެސް މިހާރު ސާރާ ބޭނުމެއް ނުވޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޒުވާން އެކްޓަރުން ކަމަށްވާ ސާރާ ޢަލީ ޚާން އާއި ކާރްތިކް އާރްޔަން ގެ ޖޯޑަކީ ވަރަށް ގިނަ ބެލުންތެރިންނަށް ކަމުދިޔަ ޖޯޑެކެވެ.

Ads by MWSC

"ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި ސާރާ ވަނީ ކާރްތިކާއި "ޑޭޓު" ކުރަން ބޭނުންވާ ކަމަށް ފާޅުގައި ބުނެފައެވެ. ތަރިންނާއި ތަރިން ގުޅުވަން ފޯރި ހުންނަ ކަރަން ޖޯހަރް ވަނީ އެޝޯގެ ދެން ޖެހިގެން އައި އެޕިސޯޑުގައި ކާރްތިކް އާރްޔަން ބައިވެރިކޮށް، ސާރާގެ ވާހަކަ ދައްކާ، ލޯބީގެ ގޮތުން ސާރާ އާއި ގުޅޭނަންތޯ ވެސް ސުވާލު ކޮށްފައެވެ. ލަދުން ހުރެ ޖަވާބުގައި ކާރްތިކް ވެސް ބުނީ އާނއެކޭއެވެ.

އެއިރު އިއްތިފާގަކުން މި ދެ ތަރިން އެކުގައި "ލަވް އާޖް ކަލް" ކިޔާ ފިލްމެއް ވެސް ކުޅުމަށް ވީ ހަމަޖެހިފައެވެ. ބެލުންތެރިންގެ މެދުގައި އެފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުނު ކަމުގައިވިޔަސް، މި ދެ ތަރިންގެ ލޯބި ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔައެވެ.

ގިނަ ބަޔަކަށް ދެ ތަރިން އެކުގައި ފެނިލުން އަބަދުވެސް ނުހަނު ކަމުދިޔަ ނަމަވެސް މި ދެ ތަރިން އެކުގައި ފެނިލުން މަޑުމަޑުން ފަހުން މަދުވެ، އެއްކޮށްހެން ހުއްޓުނެވެ. މާގިނަ ދުވަސްތަކެއް ނުވެ އިވުނީ ދެ ތަރިން ގެ ދެމެދުގައި އޮތް ލޯބި ވެސް ފަނޑުވެގެން ގެއްލިއްޖެ ކަމުގެ ޚަބަރެވެ. އޭގެ ސަބަބެއް ކަމުގައި ގިނަ ރިޕޯޓުތަކުން ބުނެފައިވަނީ، ސާރާ އާއެކު އުޅެމުން އަނަންޔާ ޕާންޑޭ އާއި ކާރްތިކް މާބޮޑަށް ގާތްވުމެވެ. ކާރްތިކް އާއި އަނަންޔާ އެކުގައި ކުޅުނު ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ޝޫޓިންގައި އަދި ފިލްމް ޕްރޮމޯޝަން ތެރޭގައި ވެސް މާބޮޑަށް ގައިގޯޅިވުމާއި އެދެމީހުން އެކުގައި މާގިނަ ވަގުތު ހޭދަ ކުރުންވީ ސާރާ އަށް ހަޖަމް ކުރަން ދަތި އުނދަގޫ ކަމެއް ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.

ސާރާ އާއި ކާރްތިކު ގެ ގުޅުން ކެނޑުމަށް ފަހު ވެސް ދެމީހުން އެކުގައި އެއް ފޮޓޯ ޝޫޓުން ފެނިފައިވެއެވެ. ނަމަވެސް އެމީހުންގެ ދެމެދުގައި ހިތްހަމަ ނުޖެހުމެއް އުޅޭކަން އެފޮޓޯތަކުން ވެސް ހާމަވާން ހުއްޓެވެ. އޭގެ ފަހުން ދެން އިވުނީ ދެމީހުން އިންސްޓަގްރާމުން ވެސް އެކަކު އަނެކަކު "އަންފޮލޯ" ކުރި ވާހަކައެވެ. އަދި މިހާރު ކާރްތިކް އާއެކު މަސައްކަތުގެ ކަމެއްގައި ވެސް ސާރާ ފޮޓޯ ނަގަން ބޭނުން ނުވާކަމަށް ވެސް ރިޕޯޓުތަކުން ބުނެފައި ވެއެވެ.

Ads by Allied Insurance
  1. މުލައްމާ

    ސާރާ ކާރުތިކާ ދުރުވިޔަސް އެޔަގެ ދައިތާ ވަރަށް ފޯރިހުރޭ ކާރުތިޖަށް