Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ކޮވިޑް19 ޗައިނާ ގައި ފުރަތަމަ ފެތުރެންފެށީ އޮގަސްޓު މަހު

ކޮވިޑް19 ޗައިނާ ގައި ފުރަތަމަ ފެތުރެންފެށީ އޮގަސްޓު މަހު

ނޮވެލް ކޮރޯނާ ވައިރަސް ޗައިނާ ގައި އޮގްސްޓު މަހުން ފެށިގެން ފެތުރެމުން އަންނަ ކަމަށް ހަވާޑް މެޑިކަލް ސުކޫލުން ކުރި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާ ކޮށްފައިވަނީ ހޮސްޕިޓަލު ދަތުރު ތަކާއި ސާޗް އިންޖިން ޑޭޓާ ގެ ސެޓެލައިޓު ފޮޓޯ ތައް ބަލައިގެންނެވެ.

އެގޮތުން ސެޓެލައިޓުގެ ޒަރީއާއިން ހޮސްޕިޓަލުގެ ޕާކިން ލޮޓު ތަކާއި ބަލީގެ އަލާމާތްތައް ކަމަށްވާ ކެއްސުމާއި ބޭރަށް ހިންގުން ފަދަ ކަންކަން އޮންލައިން ކޮށް ސާޗް ކޮށްފައި ހުރި ހުރުމަށް ވެސް ވަނީ ބަލާފައެވެ.

މި ދިރާސާގައިވާ ގޮތުން ހޮސޕިޓަލުތައް ފުރި ބާރު ބޮޑުވާން ފުރަތަމަ ފަށާފައިވަނީ އޮގަސްޓު މަހުއެވެ. އަދި އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ވުހާން ސީފުޑު މާކެޓުން ވައިރަސް ފެނުމުގެ ކުރިން ވުހާން ގައި ވައިރަސް އުޅުނު ކަމުގެ ހެކި ވަނީ ލިބިފައެވެ.

Advertisement
Allied Insurance — Square (box)

މި ތުހުމަތު ތަކާއި ގުޅިގެން ޗައިނާ އިން ވަނީ އެކަމަށް ދެކޮޅު ހަދައި މި ފަދަ ތުހުމަތު ތަކެއް ކުރުމަކީ ވަރަށް ދެރަވަރު ގެ ކަމެއް ގެ ގޮތުގައި ސިފަކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް