ޚަބަރު

ގާސިމް މަރާލި މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓެކްސީ ޑްރައިވަރު ގާސިމް އިބްރާހިމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދު ގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފިއެވެ.

އެގޮތުން މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލު ކޮށްފައިވަނީ އެދުވަހުގެ ހެނދުނު 9:00 އަށެވެ.

ޑްރައިވަރު ޤާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

ޑްރައިވަރު ގާސިމް މަރާލި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ. ނަމަވެސް އެދުވަހުގެ އަޑުއެހުން ކެންސަލު ކުރީއެވެ.

މިމައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އޮކްޓޫބަރު 11 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމުގައި އަދުހަމް ބުނެފައިވަނީ ވަކީލަކާ ނުލާ ކުރިއަށް ދެވޭނެ ކަމަށާއި އަމިއްލައަށް ދިފާއު ވާނެ ކަމަށެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ޤާސިމް މަރާލި ކަމަށް އިއުތިރާފް ވެފައެވެ. އެހެން ނަމަވެސް މައްސަލައިގައި އަވަސްނިޔާގެ ދަށުން ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ އިއުތިރާފް އަނބުރާ ގެނެސް ދައުވާ އަށް އިންކާރު ކޮށްފައެވެ.

ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި އޮއްވާ ފެނުނީ 2019 ޑިސެމްބަރު ހަތަރުވަނަ ދުވަހު އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!