ރިޕޯޓް

ތިބާ ހީކުރީ ތިބާ މަންމައަކީ ތިބާގެ ނޯކަރެއް ކަމުގައި ހެއްޔެވެ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"މަންމަ" މި ލަފުޒުގެ މާނަ ގިނަ ބަޔަކަށް އޮޅިފައި އޮތުމަކީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢު އެކަމާ ލަދުގަނެ އެކަމާ ހިތާމަކުރަން ޖެހޭ ކަމެކެވެ. ތިމާ ބަނޑުއަޅައި ވިހޭ މައިމީހާއަށް ތިމާ ހެޔޮކޮށް ކަންތައް ކުރަން ޖެހޭ އިރު، މިއަދު މި ޖުމުތަމަޢުން މަދުން ނަމަވެސް އެއާ މުޅިން ޚިލާފު މަންޒަރުތައް ފެނިގެން ދެއެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް އަނިޔާތަކެއް ލިބިފައިވާ އަދި އެވޭން މިއަދު ވެސް ތަހައްމަލު ކުރަމުންދާ އެތައް މައިންނެއް މި މުޖުތަމަޢުގައި އެބަވެއެވެ.

ތިިމާ ތިމާގެ މަންމަ ނޯކަރެއް ގެންގުޅޭ އުސޫލުން ތިޔަ ގެންގުޅެނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެމަންމަ ތިމާއަށް ޓަކައި ވީ ޤުރުބާނީތަކަކީ ދުވަހަކު ވެސް ތިމާއަށް އޭގެ އަގު ވަޒަން ނުކުރެވޭނެ ކަންތަ އްތަކެކެވެ. އެމަންމަ ތިމާއަށް ކޮށްދިން އެއްވެސް ކަމެއްގެ ބަދަލު ތިމާގެ ކިބައިން އަހައިފައި އެބަ އޮތް ހެއްޔެވެ؟ ނޫނީ އެމަންމަ ދުވަހަކު ވެސް ތިމާގެ އުފަލަށް ޓަކައި އެއްވެސް ކަމެއް ނުކޮށްދީ އެބަ އޮތް ހެއްޔެވެ؟ ނޯންނާނެއެވެ.

ވީއިރު ތިމާ އެ ނިކަމެތި މައިމީހާއާމެދު އެހާ އިހާނެތިކޮށް ކަންތައް ކުރުމުގެ ބޭނުމަކީ ފަހެ ކޮބައިހެއްޔެވެ؟ ތިމާ ބަލި ވިޔަސް. ފައިސާގެ ކަމަކާއި ދަތި ވިޔަަސް އަދި އެނޫން ވެސް ކަމަކާ ތިމާ ކަންބޮޑު ވެފައިވާ މަންޒަރު ބަލަން އެމައިމީހާގެ ލަނގޮޑިއަށް ކެތެއް ނުކުރެވޭނެއެވެ. އެމަިމީހާގެ ބަނޑުހައިވެ ދެފުށް ޖެހެން ކައިރިވެފައި ވީނަމަވެސް، ސަލާން ޖަހައިގެން ނަމަވެސް އެންމެ ފުރަތަމަ އެމައިމީހާ މަސައްކަތް ކުރާނީ އެމަންމަގެ ދަރިފުޅަށް ބަނޑުފުރާ މުއްތި ކުރާނެ ކާއެތިކޮޅެއް ލިބޭތޯއެވެ.

އެއީ ފަހަރެއްގައި ވެސް ތިމާއަށް ނޯކަރީކަން ކޮށްދެނީއެއް ނޫނެވެ. އެމައިމީހާގެ ހިތުގައި ދަރިއަކަށް ޓަކައި އޮތް ލޯތްބެއްގެ ބޮޑުކަމުން ދަރިފުޅުގެ ސިއްހަތަށް ބެލެނީއެވެ. މިއަދު އެފަދަ ބޮޑު ޤުރުބާނީއެއް ވަމުން އަންނަ މައިންނާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރާ މަންޒަރު ފެނުމުން ހިތް ކުދިކުދި ވެގެން ދާވަރުވެއެވެ. ތިބާ މިއަދު މި ދުނިޔެއަށް އައުމުގެ އެންމެ ބޮޑު އަސްލަކީ ވެސް ހަމަ ތިމާގެ މައިމީހާއެވެ. ނުވަ މަހާއި ނުވަ ދުވަސް ވަންދެން އެމައިމީހާގެ ބަނޑުގައި އުފުލީ ވެސް ހަމަ ތިމާގެ އެ މައިމީހާއެވެ. އެކަމާ އެއްވެސް ޝަކުވާއެއް ދުވަހަކު ވެސް އެމައިމީހާ ކޮށްފައިިވޭ ހެއްޔެވެ؟

އެމަންމަ ހެޔޮ ހިތުން ތިމާއަށް ކޮށްދޭ އެއްވެސް ކަމަކީ ފަހަރެއްގައި ވެސްް ނޯކަރީކަން ކުރުމޭ ހިތަށް ނާރުވާށެވެ. އެއީ އެމީހުން ތިމާ ދެކެ ވާ ލޯތްބެއްގެ ސަބަބުން އެމީހުން ތިމާގެ އުފާވެރިކަން ދެމެހެއްޓުމަށް ވާ މަތިވެރި ޤުރުބާނީިތަކެކެވެ. އެމައިމީހާ ގައިބާރު ދޫވެ ބަލި އެނދުގައި އޮންނަ ދުވަހު ތިމާ އެމައިމީހާ އެންމެ ހިތްހަމަ ޖެހޭ ގޮތަކަށް ކަންތައް ކޮށްދޭށެވެ. ނުރުހުމުގެ ގޮތުން "އުއްފު" އޭ ވެސް އެ މައިމީހާއާ ދިމާލަށް ނުބުނާށެވެ. އެމަންމައަށް ރަޙުމަތް ލެއްވުން އެދި ދުޢާ ދަންނަަވާށެވެ. ހަމަ ޔަގީނުން ވެސް މައިމީހާއަށް އިހާނެތިކޮށް ކަންތައް ކުރާ އެއްވެސް އިންސާނަކަށް މި ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ކާމިޔާބީއެެއް ނެތެވެ. މާތްﷲ އަޅަމެންގެ މައިންނަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އާމީން!

Ads by Allied Insurance
  1. މަންމަ

    މި އާޓިކަލް ލިޔެފައިވަނީ މި ލިޔަން އެންމެ އެކަށީގެންވާމީހާ…..؟