ޚަބަރު

އެމްޑީޕީގެ އިތުރު ފަސް ކެންޑިޑޭޓަކު ނަން ނަގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: އަވަސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި ވެރިކަން ކުރާ އެމްޑީޕީގެ ފަސް ކެނޑިޑޭޓަކު ނަން އަނބުރާ ނަގައިފިއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި އެމްޑީޕީން ނަން ނަގާފައިވަނީ ވ. ރަކީދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް ކުރިމަތިލި ކެންޑިޑޭޓަކާއި ބ. ދޮންފަނު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ކެންޑިޑޭޓަކާއި ރ. ހުޅުދުއްފާރު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް ކުރިމަތިލި ކެންޑިޑޭޓަކާއި ހދ. ނޭކުރެންދޫ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ކެންޑިޑޭޓަކާއި އދ. ދިގުރަށު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް ކުރިމަތިލި ކެންޑިޑޭޓެކެވެ.

އެމްޑީޕީގެ މި ފަސް ކެންޑިޑޭޓުންގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވެސް ވަނީ ނަން އަނބުރާ ނަގާފައެވެ.

އެގޮތުން ޕީޕީއެމުން ނަން ނަގާފައިވަނީ ނ. ކެނދިކުޅުދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް ކުރިމަތިލި ކެންޑިޑޭޓެކެވެ އަދި ޖުމްހޫރީ ޕާޓީން ނަން އަނބުރާ ނަގާފައިވަނީ ލ. ގަމު ކައުންސިލު މެންބަރެއްގެ ގޮތުން ކުރިމަތިލީ ކެންޑިޑޭޓެކެވެ.

މިދިޔަ އަހަރު ބޭއްވުމަށް ކަނޑައެޅި ކައުންސިލު އިންތިހާބު ކޮވިޑްގެ ހާލަތާއި ގުޅިގެން ފަސް ކުރުމަށްފަހު ނިންމީ މިއަހަރުގެ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ބުނެފައިވަނީ އިންތިހާބަށް ކެމްޕޭނު ކުރަން ހަމަހަމަ ފުރުސަތު ނުދެވޭނަމަ، އެދުވަހުވެސް އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!