ޚަބަރު

ކައްދޫ އެއާރޕޯޓްގައި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ކައްދޫ އެއަރޕޯޓް -- ދެން އިމޭޖްސް/މުޙަައްމަދު އަރީޙް

ލ.ކައްދޫގައި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދަން، ކައްދޫ އެއަރޕޯޓް ހިންގަމުން އަންނަ ކައްދޫ އެއަރޕޯޓްސް ކޮންޕެނީ އިން އިޢުލާން ކޮށްފިއެވެ.

Ads by Sosun Fihaara

މި އިޢުލާނުގައި ބުނެފައި ވަނީ، 2021 އޭޕްރީލް 01 އިން ފެށިގެން މީލާދީ 03 އަހަރު ދުވަހުގެ މުއްދަތަށް ކައްދޫ އެއަރޕޯޓް ރެސްޓޯރަންޓް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުން ވާ ކަމަށާއި މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 2021 ޖެނުއަރީ 25 ވާ ހޯމަ ދުވަހުގެ 13:30 އަށް މާލެއިން ނަމަ އެކުންފުނީގެ ހެޑް އޮފީހަށް ނުވަތަ ކައްދޫއިން ނަމަ ކައްދޫ އެއަރޕޯރޓް އޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށެވެ.

އަދި އިތުރު މަޢުލޫމާތު ހޯދުމަށް 2021 ޖެނުއަރީ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން 7411067 ނަންބަރު ފޯނާއި ގުޅުމަށް ވެސް ވަނީ އެދިފައެވެ.

ކައްދޫގައި މިހާރު ރެސްޓޯރެންޓް ހިންގަމުން އަންނަނީ ސިންޕަނީ އިންނެވެ. މި ރެސްޓޯރެންޓް ހުންނަ އިމާރާތް މިހާރު ވަރަށް ބާވެފައިވާއިރު، ތަނުންދޭ ޚިދުތްތަކާމެދު ގިނަ ބަޔަކުދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!