Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދީން

ދޮގު ހުވާކޮށްގެން މުދާ އިޝްތިހާރުކޮށް ވިއްކާ މީހުންނަށް ބިރުވެރިކަމުގެ އިންޒާރާއި ވަޢީދު އައިސްފައިވޭ

ދޮގު ހުވާކޮށްގެން މުދާ އިޝްތިހާރުކޮށް ވިއްކާ މީހުންނަށް ބިރުވެރިކަމުގެ އިންޒާރާއި ވަޢީދު އައިސްފައިވޭ

ދޮގު ހުވާކޮށްގެން މުދާ އިޝްތިހާރުކޮށް ، ވިއްކާ މީހުންނަށް ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ކުރިމަތިވާނެކަމުގެ އިންޒާރާއި ވަޢީދު އައިސްފައިވާ ކަމުގައި ޝައިޚް ޢަބުދުﷲ ބިން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ވިޔަފާރީގައި އޮޅުވާލުމާއި މަކަރު ހެދުމުގެ ނުރައްކާތެރިކަން ހާމަ ކުރަމުން ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޢަބުދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީސްތަކުންނަށް އޮޅުވާލާ މަކަރާއި ޙީލަތުން ވިޔަފާރި ކުރާ މީހާގެ ބަރަކާތް ކަނޑުއްވާ ކަމަށާއި ހަމައެހެންމެ ވިޔަފާރީގައި ތެދުވެރީންނަށް ﷲ ބަރަކާތް ލައްވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)
— Abdullah bin janaab (@binjanaab) June 10, 2020

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. لَا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ أَرْبَعِ خِصَالٍ : عَنْ عُمُرِهِ ، فِيمَ أَفْنَاهُ ؟ وعَنْ شَبَابِهِ ، فِيمَ أَبْلَاهُ ؟ وَعَنْ مَالِهِ ، مِنْ أَيْنَ ؟ وَفِيمَ أَنْفَقَهُ ؟ وَعَنْ عِلْمِهِ ، مَاذَا عَمِلَ فِيهِ ؟

”ހަތަރުކަމަކާއިމެދު ސުވާލުކުރެވުމަށްފަހުގައި މެނުވީ އަޅާގެ ފައި ހުރިތަނުން ގުޑާވެސް ނުލާނެއެވެ. (އެއީ)އޭނާގެ ޢުމުރު ފަނާކުރީ ކިހިނަކުންތޯއާއި، އޭނާއަށް ދެއްވި ޢިލްމާއި މެދު ޢަމަލުކުރީ ކިހިނަކުން ތޯއާއި، އަދި މުދާ ހޯދީ ކިހިނަކުންތޯއާއި، އެ މުދާ ހޭދަކުރީ ކިހިނަކުންތޯއާއި، އަދި ހަށިގަނޑު (ހުރިހާ ގުނަވަންތަކެއް) ބޭނުންކުރީ ކިހިނަކުންކަމާއިމެދުގައެވެ. ”

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް