ކުޅިވަރު

"ޑުޕަރ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ މެޗުތައް ފޭސްބުކު މެދުވެރިކޮށް ލައިވް ކުރަނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޖާރޒީގެ ވިޔަފާރި ކުރަމުން އަންނަ މަޅި މޯލްޑީވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ޑުޕާރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖު 2021 ގެ ކުރިއަށް ހުރި މެޗުތައް ފޭސްބުކު މެދުވެރިކޮށް ލައިވް ކުރަން ނިންމައިފިއެވެ.

Ads by STELCO

މި މުބާރާތުގެ މެޗުތައް ވަގުތުން ގެނެސްދޭން ނިންމައިފައި ވަނީ ރާއްޖޭގެ ކުޅިވަރު އިވެންޓްތައް ގެނެސްދިނުމުގައި ފާހަގަކޮށްލެވޭ ހާފް ކޯޓް މާލްޑިވްސް އިންނެވެ. އެގޮތުން މިއަދު ހަވީިރު ކުޅެވެމުންދާ މެޗުތަކުން ފަށައިގެން މުބާރާތުގެ މެޗުތައް ލައިވް ކުރަމުން ގެންދާން ކަމުގައި މަޅި އެމްވީ އިން ވަނީ ބުނެފައެވެ.

މި މުބާރާތުގެ މެޗުތައް ވަގުތުން ދައްކާނީ މަޅި އެމްވީ ފޭސްބުކު ޕޭޖުންންވެ. މެޗުތައް ވަގުތުން ގެނެސްދޭން ނިންމީ، މުޅި ރާއްޖޭގައި ތިބި، ޚާއްސަކޮށް މާލެއިން ބޭރުގައި ތިބި ފުޓްސަލް އަށް ލޯބިކުރާ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމުގައި މަޅިއެމްވީ އިން ބުނެއެވެ. އަދި ހަމަ އެހެންމެ މި މެޗުތައް ލައިވް ކޮށްދެނީ އާންމުކޮށް ކުރާ އަގަށް ވުރެ ހެޔޮ އަގެއްގައި ކަމުން އެކަމަށް ޓަކައި ހާފްކޯޓަށް މަޅިއެމްވީ އިން ވަނީ ޝުކުރުއަދާ ކޮށްފައެވެ.

މިއަދު ވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން މުބާރާތުގައި ފޯރިގަދަ މެޗުތަކެއް ކުޅެވިގެން ދާނެއެވެ. އެގޮތުން މުބާރާތުގެ މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތައް ތިރީގައި އެވަނީއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!