ޚަބަރު

ކޮވިޑްގެ ފިޔަވަޅުތައް ހަރުކަށި ކުރަން ރައީސް މައުމޫން ގޮވާލައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

Ads by STELCO

ރައީސް މައުމޫން މިފަދައިން ގޮވާލައްވާފައި މިވަނީ ރާއްޖޭގައި އަނެއްކާވެސް ކޮވިޑަށް ފައްސިވާ އަންނަ ކޭސްތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ޓެގް ކުރައްވާ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑަށް ފައްސިވާ އަދަދުތައް ގަވާއިދުން އިތުރު ވަމުންދާ ކަމަށާއި މިއީ ކަންބޮޑުވުން ހުރި ޓްރެންޑެއް ކަމަށެވެ.

"ވަގުތުން ވަގުތަށް ހަރުކަށި ފިޔަވަޅު އަޅަން މަޖުބޫރުވެއްޖެ" ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.

އެޗްޕީއޭ ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު ވަނީ 108 އަށް އަރާފައެވެ. އެއީ މާލެއިން 80 މީހުންނާއި ރިސޯޓުތަކުން 23 މީހުން އަދި އަތޮޅު ތެރެއިން ހަތަރު މީހުންނާއި އުޅަނދަކުން ފައްސިވީ އެކެކެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 14،993 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅު ވެފައިވާ މީހުންގެ އަދަދު 13،849 ގައި އުޅޭއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1086 ގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!